ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު

ޤާނޫނު ނަންބަރު:
22/2010
ޝާއިޢު ކުރެވުނު ތާރީޚު:
21/10/10
ޢަމަލުކުރަން ފެށޭ ތާރީޚު:
21/10/10

1 ވަނަ ބާބު: ޢާންމު މާއްދާތައް

2 ވަނަ ބާބު: ސުޕްރީމްކޯޓް

3 ވަނަ ބާބު: ހައިކޯޓު

4 ވަނަ ބާބު: ދަށު ކޯޓުތައް

1 ވަނަ ބައި: ސުޕީރިއަރ ކޯޓުތައް

2 ވަނަ ބައި: މެޖިސްޓްރޭޓް ކޯޓުތައް

5 ވަނަ ބާބު: ޖުޑީޝަލް ދާއިރާތައް ކަނޑައެޅުން

6 ވަނަ ބާބު: ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް

7 ވަނަ ބާބު: ޢާންމު އިޖުރާއަތުތައް

8 ވަނަ ބާބު: ޖުޑީޝަލް ކައުންސިލް

9 ވަނަ ބާބު: ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

10 ވަނަ ބާބު: އެހެނިހެން ކަންތައްތައް

ޖަދުވަލުތައް

ޖަދުވަލު 1

ސިވިލް ކޯޓުގެ އިޚްތިޞާޞް

-

މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ސިވިލް ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

1. މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭބައި.

2. ވާރުތަ މުދަލާބެހޭ މައްސަލަތަކާއި، ތަރިކައިގެ މައްސަލަތަކުގެ ތެރެއިން ބައިތުލްމާލަށް ލިބޭ މައްސަލަތައް.

3. ހިބަ.

4. ދިނުން.

5. އެއްމެދު މުދާ ހަމަޖެއްސުން.

6. ބަދަލު ދިނުން.

7. ގޯތިގެދޮރާބެހޭ މައްސަލަތަކާއި، އެކަކަށްވުރެ ގިނަ މީހުންނަށް ލިބިގެންވާ ގޯތިގެދޮރާއި މުދާ ވަކިކޮށްދިނުން.

8. ގޯތިގެދޮރުން މީހުން ނެރުން.

9. ވަޤުފު.

10. ލާޖެއްސުން.

11. ހޮވައިގެން ގެނެވޭ ތަކެއްޗާބެހޭ މައްސަލަތައް.

12. އިފްލާސްކުރުން.

13. ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެ އެއްބަސްވުންތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް.

14. ވިޔަފާރިއާބެހޭ މައްސަލަތައް.

15. ރަހުނާބެހޭ މައްސަލަތައް.

16. ހަޖުރުކުރުމާބެހޭ މައްސަލަތައް.

17. ދަރަނީގެ މައްސަލަތައް.

18. ޝަރީޢަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް.

19. ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުވާލުމަށް ހުށަހެޅޭ ކުންފުނިތަކާބެހޭ މައްސަލަތައް.

20. މަސައްކަތަށް ނުވަތަ ތަކެއްޗަށް އަގުހަމަޖެއްސުމަށް ނުވަތަ ހަމަޖައްސާފައިވާ އަގު ނުދީގެން ހުށަހަޅާ މައްސަލަތައް.

21. އެކިއެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅޭ މައްސަލަތައް.

22. ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.

23. އަވަސްނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެތެރެއިން އަވަހަށް ނިންމިދާނެކަމަށް ފެންނަ، މި ޖަދުވަލުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތައް.

24. ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާއި ރަހުނު ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް.

25. ޕަވަރ އޮފް އެޓާރނީއާއި އެހެނިހެން ލިޔުންތައް ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް.

26. ސަރުކާރުގެ އެހެން އޮފީހަކުން ތަޞްދީޤުކުރުމަށް ހަމަޖެހިފައިވާ ލިޔުންތައް ފިޔަވައި، އެންމެހައި ލިޔުންތައް ތަޞްދީޤުކުރުން.

27. ސިވިލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން މަދަނީ މައްސަލަތައް.

ޖަދުވަލު 2

ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް

-

ޤާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުން ކުރާ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގެ ތެރެއިން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ކްރިމިނަލް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

1. މަރުގެ މައްސަލަތައް.

2. ޒިނޭގެ މައްސަލަތައް.

3. ވަކިމީހަކަށް ނުލައްވާގޮތަށް ބަލިވެ އިނުމާއި، ވިހެއުމުގެ މައްސަލަތައް.

4. ޤަޛުފުގެ މައްސަލަތައް.

5. އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތައް.

6. ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް.

7. ބަނގުރާ ބުއިމުގެ މައްސަލަތައް.

8. އިސްލާމްދީނުގެ އަޞްލަކާ ޚިލާފްވުމާއި، ދީނުން ބޭރުވާފަދަ ބަސްބުނުމުގެ ނުވަތަ އެފަދަ ޢަމަލުކުރުމުގެ މައްސަލަތައް.

9. ވައްކަމުގެ މައްސަލަތައް.

10. މާރާމާރީގެ މައްސަލަތައް.

11. ޢާންމު އުނދަގޫކުރުމާބެހޭ މައްސަލަތައް.

12. މަކަރާއި ޙީލަތް ހެދުމުގެ މައްސަލަތައް.

13. ޚިޔާނާތްތެރިވުމުގެ މައްސަލަތައް.

14. ޓެކުމުގެ މައްސަލަތައް.

15. ފޭރުމުގެ މައްސަލަތައް.

16. ފައިސާއާ މުދަލަށް އިހުމާލުވުމުގެ މައްސަލަތައް.

17. މަސްތުވާތަކެއްޗާބެހޭ މައްސަލަތައް.

18. ޝަރީޢަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް.

19. ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް.

20. ބާލިޣުވެފައިވާ އެއް ޖިންސުގެ ދެމީހަކު ރުހުމުގައި ނަހަމަ ގޮތުން އުޅުމުގެ މައްސަލަތައް.

21. ބަނގުރާ ނުވަތަ ބަނގުރަލުގެ އާވި ހިމެނޭ އެހެން ދިޔާ ތަކެތި ބުއިމުގެ މައްސަލަތައް.

22. ރަމަޟާން މަހު ދުވާލު ކައިބޮއެ ހެދުމުގެ މައްސަލަތައް.

23. ޤާނޫނާއި ގަވާއިދާ ޚިލާފަށް ގޯތިގެދޮރަށް ވަނުމާއި، ފުރާދުއްވާ ތަކެއްޗަށް އެރުމުގެ މައްސަލަތައް.

24. ޤާނޫނާއި ގަވާއިދާ ޚިލާފަށް ފަޅުފަޅުން މަސްހިފުމާއި، މަސް ބޭނުމުގެ މައްސަލަތައް.

25. މަނާ ސަރަޙައްދުތަކުން ވެލި، ގާ، އަކިރި ފަދަތަކެތި ނެގުމުގެ މައްސަލަތައް.

26. ގޭގައި ބަންދުކޮށްފައި ތިބޭ މީހުން ގަވާއިދާ ޚިލާފަށް ގެއިން ނުކުތުމުގެ މައްސަލަތައް.

27. ޖަލުގައި ތިބޭ މީހުން ނުވަތަ އަރުވާލާފައި ތިބޭ މީހުން އެމީހުން ކޮށްފައިވާ ބަންދުގެ ގަވާއިދުތަކާ ޚިލާފްވުމުގެ މައްސަލަތައް.

28. އޮރިޔާން ކާޑު ރާއްޖެއަށް ގެނައުމާއި، ގެންގުޅުމާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާ ފިލްމު ބެލުމުގެ މައްސަލަތައް.

29. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ލައިސަންސް ނެތި ދުއްވުމާއި، އެކްސިޑެންޓްވުމުން ނޭންގުމުގެ މައްސަލަތައް.

30. އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް.

31. ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާގުޅިގެން ބަދަލު ހޯދުމަށް އެދި، އެކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް.

32. ކްރިމިނަލް ކޯޓުގައި ބަލާ ޖިނާއީ މައްސަލަތަކާއެކު ހުށަހެޅޭ ނަސަބު ސާބިތުކުރުމުގެ މައްސަލަތައް.

33. ކްރިމިނަލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން ޖިނާއީ މައްސަލަތައް.

ޖަދުވަލު 3

ފެމިލީ ކޯޓުގެ އިޚްތިޞާޞް

-

ޢާއިލާއާބެހޭ ބައިން ބަލާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ފެމިލީ ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

1. މަރު ސާބިތުކުރުމުގެ މައްސަލަތައް.

2. އަނބިމީހާ ކައިވެނި ހެޔޮ ނުވާ މީހަކާ އެއްފަދަ ކުރުމުގެ މައްސަލަތައް.

3. ކައިވެނި ފަސްޚުކުރުމާއި، ތަފްރީޤްކުރުމާއި، އެ ކަންކަމާބެހޭ މައްސަލަތައް.

4. ދެމަފިރިންގެ ދެމެދުގައި ހިނގާ އަރާރުންތަކާއި، އެކަކު އަނެކަކަށް ޚިޔާނާތްތެރިވެގެން ހުށަހަޅާ މައްސަލަތައް.

5. ދަރިލެއްވުމުގެ މައްސަލަތައް.

6. ބަލަދުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް.

7. ނަސަބު ސާބިތުކުރުމުގެ މައްސަލަތައް.

8. ލިޢާނުގެ މައްސަލަތައް.

9. ދަރިއަކު ބަލާ ބޮޑުކުރުން އެހެން ފަރާތަކާ ހަވާލުކުރުމުގެ މައްސަލަތައް.

10. އީލާގެ މައްސަލަތައް.

11. ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިފައިވާ ތިން ބައިން ކުރެ ބައެއްގައި ނުހިމެނޭ ޖިނާއީ މައްސަލަތައް.

12. ކައިވެނިކޮށްދިނުމާއި، ރަޖިސްޓަރީކުރުމާއި، އެ ކަންކަމާބެހޭ އެންމެހައި ކަންތައްތައް.

13. ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީކޮށްދިނުން.

14. ވަރި ރަޖިސްޓަރީކުރުން.

15. ވަރިއާބެހޭ ގޮތުން މައްސަލަ ޖެހިގެން ހުށަހަޅާ މައްސަލަތައް.

16. ދަރިފުޅު އަތުލުމުގެ މައްސަލަތައް (ޙަޟާނާ).

17. ނަފަޤާ ދިނުމުގެ މައްސަލަތަކާއި، ފިރިމީހާ އަނބިމީހާއަށް ނަފަޤާ ނުދޭތީ ނުވަތަ އެހީ ނުވާތީ ހުށަހަޅާ މައްސަލަތައް.

18. އަވަސްނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމިދާނެކަމަށް ފެންނަ، މި ޖަދުވަލުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތައް.

ޖަދުވަލު 4

ޖުވެނައިލް ކޯޓުގެ އިޚްތިޞާޞް

-

އެހެން ޤާނޫނަކުން ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުޙުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ.

ޖަދުވަލު 5

މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް

-

1. މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުމެވެ.

(ހ) އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް.

(ށ) އެ ކޯޓު ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ދަޢުވާގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް.

(ނ) ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ރ) ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ބ) ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް.

(ޅ) ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.

(ކ) ކަފާލާތުގައި ދޫކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް.

(އ) އަވަސް ނިޔާގެ ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުން އަވަހަށް ނިންމަންޖެހޭ މައްސަލަތައް.

(ވ) އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީއާއި ރަހުނުގެ އެއްބަސްވުމާއި ވަޞިއްޔަތުގެ ލިޔުންތައް ރަޖިސްޓަރީކުރުން.

2. މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަދަނީ، ޖިނާއީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކުން ނުބެލެވޭނެއެވެ.

(ހ) ޤަޞްދުގައި މީހުން މެރުމުގެ ކުށުގެ މައްސަލަތައް.

(ށ) މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް.

(ނ) ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.

(ރ) ވަގު ނޫޓާއި، ވަގު ކޮއިންޖެހުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް.

(ބ) ޓެރަރިޒަމްގެ މައްސަލަތައް.

(ޅ) ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 1 ގެ "ދިވެހި ދައުލަތާ އިދިކޮޅު ޙަރަކާތާއި ފިތުނަ" މިސުރުޚީގެ ދަށުގައިވާ މާއްދާއަކުން ކުރެ މާއްދާއެއްގެ ދަށުން ދަޢުވާކުރެވޭ މައްސަލަތައް.

(ކ) މީހެއްގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމުގެ މައްސަލަތައް.

(އ) 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.

3. މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަކި ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

(ހ) އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް.

(ށ) އެ ރަށެއްގެ ރަށްވެއްސެއްގެ ތަރިކައިގެ މައްސަލަ.

އިޞްލާޙުތައް

9/2022

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
17/07/22
ޢަމަލުކުރަން ފެށި ތާރީޚު
17/07/22
ފައިލު
6/2019

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
23/07/19
ޢަމަލުކުރަން ފެށި ތާރީޚު
23/07/19
ފައިލު
6/2017

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
18/06/17
ޢަމަލުކުރަން ފެށި ތާރީޚު
18/06/17
ފައިލު
40/2014

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
11/12/14
ޢަމަލުކުރަން ފެށި ތާރީޚު
11/12/14
ފައިލު

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ