ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ

ޤާނޫނު ނަންބަރު:
2008
ޝާއިޢު ކުރެވުނު ތާރީޚު:
07/08/08
ޢަމަލުކުރަން ފެށޭ ތާރީޚު:
07/08/08

1 ވަނަ ބާބު: ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން

2 ވަނަ ބާބު: އަސާސީ ޙައްޤުތަކާއި މިނިވަންކަން

3 ވަނަ ބާބު: ރައްޔިތުންގެ މަޖިލިސް

4 ވަނަ ބާބު: ރައީސުލްޖުމްހޫރިއްޔާ

5 ވަނަ ބާބު: ވަޒީރުންގެ މަޖިލިސް

6 ވަނަ ބާބު: ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު

7 ވަނަ ބާބު: މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ސިވިލް ސަރވިސް ކޮމިޝަން

ހިއުމަން ރައިޓްސް ކޮމިޝަން

އެންޓި-ކޮރަޕްޝަން ކޮމިޝަން

އޮޑިޓަރ ޖެނެރަލް

ޕްރޮސިކިއުޓަރ ޖެނެރަލް

8 ވަނަ ބާބު: ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން

9 ވަނަ ބާބު: ސަލާމަތީ ޚިދުމަތްތައް

10 ވަނަ ބާބު: ދައުލަތުގެ މިލްކުވެރިކަމާއި، މާލީ ޒިންމާތަކާއި ދަޢުވާތައް

11 ވަނަ ބާބު: ކުއްލި ނުރައްކަލުގެ ޙާލަތު

12 ވަނަ ބާބު: ޤާނޫނުއަސާސީ އިޞްލާޙުކުރުން

13 ވަނަ ބާބު: ޤާނޫނުއަސާސީއަށް ޢަމަލުކުރުމާއި މާނަކުރުން

14 ވަނަ ބާބު: އިންތިޤާލީ ކަންތައްތަކާބެހޭ ބާބު

15 ވަނަ ބާބު: ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ޙައްޤު ދޫކުރުން

ޖަދުވަލުތައް

ޖަދުވަލު 1

އެކި އެކި މަޤާމުގެ ހުވައި

1. ރައީސުލްޖުމްހޫރިއްޔާގެ ހުވައި

"އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

2. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވައި

"އަހުރެން ........(މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވ ުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން،ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު،އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

3. ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި

"އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި،ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު،އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި

"އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ، ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

5. އުއްތަމަފަނޑިޔާރާއި ފަނޑިޔާރުންގެ ހުވައި

"އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ދަމަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި،އުއްތަމަފަނޑިޔާރުގެ / ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

6. މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަޤިއްލު މަޤާމްތަކުގެ ހުވައި

"އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، އޮޑިޓަރ ޖެނެރަލްގެ / ޕްރޮސިކިއުޓަރ ޖެނެރަލްގެ / އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ / ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ / ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ/ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ / އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

ޖަދުވަލު 2

އިދާރީ ދާއިރާތައް

މާލެ

ހއ

ހދ

ށ

ނ

ރ

ބ

ޅ

ކ

އއ

އދ

ވ

މ

ފ

ދ

ތ

ލ

ގއ

ގދ

ޏ

ސ

(ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން)

ތިލަދުންމަތީ އުތުރުބުރި

ތިލަދުންމަތީ ދެކުނުބުރި

މިލަދުންމަޑުލު އުތުރުބުރި

މިލަދުންމަޑުލު ދެކުނުބުރި

މާޅޮސްމަޑުލު އުތުރުބުރި

މާޅޮސްމަޑުލު ދެކުނުބުރި

ފާދިއްޕޮޅު

މާލެއަތޮޅު

އަރިއަތޮޅު އުތުރުބުރި

އަރިއަތޮޅު ދެކުނުބުރި

ފެލިދެއަތޮޅު

މުލަކަތޮޅު

ނިލަންދެއަތޮޅު އުތުރުބުރި

ނިލަންދެއަތޮޅު ދެކުނުބުރި

ކޮޅުމަޑުލު

ހައްދުންމަތި

ހުވަދުއަތޮޅު އުތުރުބުރި

ހުވަދުއަތޮޅު ދެކުނުބުރި

ފުވައްމުލައް

އައްޑުއަތޮޅު

ޖަދުވަލު 3

ޤައުމީ ދިދަ

ޤައުމީ ދިދަ އެކުލެވިގެންވާ ގޮތް

މި ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގައިވާ ފަދައިން ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.

މިންތައް

ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 2/3 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 1/4 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 1/3 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 9/16 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 5/8 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައިހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށެވެ.

ކުލަތައް

ފެހިކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު T 1143 އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 817 A އެވެ.

ރަތްކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1144 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 818 A އެވެ.

ހުދުކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1145 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 819 A އެވެ.

އިޞްލާޙުތައް

21/2025

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
01/12/25
ޢަމަލުކުރަން ފެށި ތާރީޚު
01/12/25
ފައިލު
25/2024

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
20/11/24
ޢަމަލުކުރަން ފެށި ތާރީޚު
20/11/24
ފައިލު
4/2020

ޤާނޫނު ނަންބަރު 22/2019، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
02/06/20
ޢަމަލުކުރަން ފެށި ތާރީޚު
02/06/20
ފައިލު
22/2019

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
08/12/19
ޢަމަލުކުރަން ފެށި ތާރީޚު
08/12/19
ފައިލު
3/2019

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
23/04/19
ޢަމަލުކުރަން ފެށި ތާރީޚު
23/04/19
ފައިލު
9/2018

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
03/12/18
ޢަމަލުކުރަން ފެށި ތާރީޚު
03/12/18
ފައިލު
20/2015

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
23/07/15
ޢަމަލުކުރަން ފެށި ތާރީޚު
23/07/15
ފައިލު
16/2015

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޝާއިޢު ކުރެވުނު ތާރީޚު
25/06/15
ޢަމަލުކުރަން ފެށި ތާރީޚު
25/06/15
ފައިލު

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ