ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު
- ގަވާއިދު ނަންބަރު:
- 2021/R-4
- ގަވާއިދު ނެރުނު މުއައްސަސާ:
- އެޓަރނީ ޖެނެރަލްގެ އޮފީސް
- ޝާއިޢު ކުރެވުނު ތާރީޚު:
- 12/01/21
- ޢަމަލުކުރަން ފެށޭ ތާރީޚު:
- 12/01/21
1 ވަނަ ބާބު: ފެށުން
2 ވަނަ ބާބު: ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް
3 ވަނަ ބާބު: ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދުމާއި، އެކަން ހަމަޖައްސައިދިނުން
4 ވަނަ ބާބު: ދައުލަތުގެ އިދާރާތަކުގެ ޒިންމާތައް
5 ވަނަ ބާބު: ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުގެ ޒިންމާ
6 ވަނަ ބާބު: ޤާނޫނީ ވަކީލުގެ ޒިންމާ
7 ވަނަ ބާބު: ޝަކުވާ ހުށަހެޅުމާއި ބެލުން
8 ވަނަ ބާބު: އެހެނިހެން
ޖަދުވަލުތައް
ޖަދުވަލު 1
ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތައް
ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތައް
- ޝާއިޢު ކުރެވުނު ތާރީޚު
- 10/01/21
- ޢަމަލުކުރަން ފެށި ތާރީޚު
- 10/01/21
1. ކުށުގެ ތުހުމަތުގައިވާ މީހާއަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވާ ނަމަ، އެ މީހެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލާނީ، އެ މީހަކަށް ލިބޭ އާމްދަނީއާއި، އޭނާ ކުރާ ޚަރަދަށެވެ.
2. ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބޭ އާމްދަނީ ކަމުގައި ބަލާނީ، ތިރީގައިވާ ގޮތުގެ މަތިން އެ މީހަކަށް ލިބޭ އާމްދަނީން މަހަކަށް ޖެހޭ މިންވަރަށް ބަލައިގެންނެވެ.
(ހ) އަދާކުރާ ވަޒީފާއަކުން ލިބޭ މުސާރަ؛
(ށ) ކުށުގެ ތުހުމަތުގައިވާ މީހާގެ ނަމުގައި ހުޅުވައިފައިވާ ނުވަތަ އޭނާއަށް ފައިސާ ނެގޭގޮތަށް ހުޅުވައިފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ؛
(ނ) އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ؛
(ރ) ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީ؛
(ބ) ޕެންޝަނުގެ ގޮތުގައި ނުވަތަ ޚާއްޞަ އެހީގެ ގޮތުގައި ލިބޭ ފައިސާ؛
(ޅ) މި ނަންބަރުގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، މިނޫންވެސް އާމްދަނީ.
3. ކުށުގެ ތުހުމަތުގައިވާ މީހާ ކުރާ ޚަރަދުތައް ވަޒަންކުރާނީ، އޭނާ ކުރާ ޚަރަދުތަކަށް ޕޮއިންޓް ދޭ އުސޫލުންނެވެ.
މި އުސޫލުގެ ދަށުން ޕޮއިންޓް ދިނުމުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ އުންޞުރުތަކަށެވެ.
(ހ) ކައިވެނިކޮށްގެން ހުރި މީހެއްކަން ނުވަތަ ނޫންކަން؛
(ށ) ދަރިން ތިބިނަމަ، ދަރިންގެ އަދަދާއި އުމުރުފުރާ؛
(ނ) ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަން ނުވަތަ ނޫންކަން؛
(ރ) މަހެއްގެ މައްޗަށް ދިރިއުޅުމަށް ކުރާ ޚަރަދުތައް.
4. މި ޖަދުވަލުގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ އުސޫލުން އެހީއަށް އެދޭ ފަރާތަށް ލިބޭނީ ތިރީގައިވާ ޕޮއިންޓްތަކެވެ.
ކައިވެނީގެ ހާލަތު
ކައިވެނީގެ ހާލަތު | ޕޮއިންޓް |
|---|---|
މީހަކާ ނުއިނދެ | 1 |
މީހަކާ އިނދެގެން | 1.5 |
ދަރިންގެ އުމުރުފުރާ
އުމުރުފުރާ | ޕޮއިންޓް |
|---|---|
1-0 އަހަރާ ދެމެދުގެ ކުދިން | 1 |
7-2 އަހަރާ ދެމެދުގެ ކުދިން | 1.25 |
12-8 އަހަރާ ދެމެދުގެ ކުދިން | 1.5 |
15-13 އަހަރާ ދެމެދުގެ ކުދިން | 1.75 |
17-16 އަހަރާ ދެމެދުގެ ކުދިން | 2 |
ނޯޓު: އުމުރުފުރައެއްގައި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އެ އުމުރުފުރައަކަށް ލިބޭ ޕޮއިންޓުގެ އަދަދާއި ކުދިންގެ އަދަދާ ގުނަކުރާނީއެވެ.
ދިރިއުޅޭ ތަނަށް ދައްކާ ކުލި
ކުލީގެ އަދަދު (ރުފިޔާއިން) | ޕޮއިންޓް |
|---|---|
2000 އަށްވުރެ ދަށް | 0.5 |
2000 - 4000 އާ ދެމެދު | 0.75 |
4000 - 6000 އާ ދެމެދު | 1 |
6000 - 8000 އާ ދެމެދު | 1.25 |
8000 އަށްވުރެ މަތި | 1.5 |
ދިރިއުޅުމަށް ކުރާ ޚަރަދު
ކުލީގެ އަދަދު (ރުފިޔާއިން) | ޕޮއިންޓް |
|---|---|
2000 އަށްވުރެ ދަށް | 0.5 |
2000 - 4000 އާ ދެމެދު | 0.75 |
4000 - 6000 އާ ދެމެދު | 1 |
6000 - 8000 އާ ދެމެދު | 1.25 |
8000 އަށްވުރެ މަތި | 1.5 |
5. މި ޖަދުވަލުގެ 2 ވަނަ ނަންބަރުގައިވާ އާމްދަނީ ހިސާބުކޮށްފައި އަންނަ ޖުމުލަ އަދަދު، 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުންޞުރުތަކަށް ލިބޭ ޕޮއިންޓުގެ ޖުމުލައިން ގެއްލުމުން އަންނަ ޖުމުލަ ފައިސާގެ އަދަދު -/2,000 (ދެހާސް) ރުފިޔާއަށްވުރެ މަދުނަމަ، ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހާއަކީ، މާލީ ތަނަވަސްކަމެއް ނެތް މީހަކު ކަމުގައި ޝަރުޠު ފުރިހަމަވާނެއެވެ.