ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުالله ސާލިމް

ޤަޟިއްޔާ ނަންބަރު:
2021/HC-A/148
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
28/02/22

ކަނޑައެޅުނު އުސޫލު

  1. 32. ވީމާ ކުޑަކުއްޖާގެ ކުރިމަތިން ބައްދައި ކުޑަކުއްޖާގެ ތުންފަތުގައި ކިސްކުރި ކުރުމަކީ، އެކަށީގެންވާ މީހެއް (man reasonable) ގެ ވިސްނުމުން ވިސްނާއިރު، ނުވަތަ އެޢަމަލު ހިންގި ޙާލަތަށް ބަލާއިރު، ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރަން ނުވަތަ ޝަހުވާނީ މަޤްޞަދެއް ހާސިލު ކުރުމަށް ނޫން އެހެން މަޤްޞަދެއް ކަމުގައި ބެލެވެން ނެތްކަން ސާބިތުވާން ޖެހެއެވެ. "އެކަށިގެންވާ މީހެއް" ކަމަށް ބަލަންޖެހޭނީ، ދިވެހި މުޖުތަމަޢުގެ މައްޗަށް ބިނާކޮށެވެ.

    40. ޑިޖިޓަލް ހެކި، ހެކީގެ ގޮތުގައި ކޯޓުތަކަށް ބަލައިގަތުމާއިބެހޭ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ނެތްނަމަވެސް، ޤާނޫނު ނަންބަރު:76/24 ހެއްކާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާގެ ދަށުން، އެފަދަ ހެއްކަކީ، ކިތާބީ ނުވަތަ ޑޮކިއުމެންޓްރީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެ ހެކިތަކެއް ކަމަށް ދެކެމެވެ.

    62. .ކުޑަކުއްޖާގެ ކުރިމަތިން ބައްދާ، ތުންފަތަށް ކިސްކުރީ އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، ޝަހުވާނީ އެދުންވެރިކަމެއް ހާސިލު ކުރުމުގެ ނިޔަތުގައިކަމަށް ޤަބޫލު ކުރެވޭތޯ ނުވަތަ އެކަންކުރީ، ޝަހުވާނީ މަ ޤްޞަދެއްގައި ނޫން އެހެން މަޤްޞަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެން ނެތް ޢަމަލެއްތޯ ބަލާއިރު، ކުށުގެ ޢަމަލާއި ގުޅޭ ނިޔަތް ކުށްކުރާ މީހާގެ ކިބައިގައި އޮންނަންޖެހޭކަން ސާބިތުކޮށްދޭންޖެހޭނީ އެކުށުގެ ޢަމަލު ހިންގިވަގުތު އެނިޔަތް އޮތްކަމެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ