ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޝްރަފް ޢަލީއާއި އިތުރު ދެ މީހުން
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/570
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 26/01/21
ކަނޑައެޅުނު އުސޫލު
6. ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ ދެސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އަދި 10 ދުވަހުގެ މުއްދަތު ގުނުމާ ގުޅޭގޮތުން، އެކޯޓުގެ ނަންބަރު 2015/05 ޢާއްމު ސިޓީގައި ބަޔާންކޮށްފައިވަނީ 10 ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ. އިސްވެ އިޝާރާތްކުރި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގެ ކުރިން، ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރަމުންއައީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ.
7. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ރ) އަދި (ބ) އަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގައި އެމައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ކަމަށްވެފައި، އިސްތިއުނާފަށް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭ ފަދަ ސަބަބެއް ކަމުގައިވާނަމަ، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް، މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަން އެނގެން އޮވެއެވެ.
9. ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައިކަމަށް ބަޔާންކޮށްފައިއޮތުމުން އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމާއެކު އެ މައްސަލަ ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ހުއްދަދެވޭ ވަގުތުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ކުރަންވާނެއެވެ.
10. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/536 ޤަޟިއްޔާގައިވެސް ވާހަކަދެކެވި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު،
10.1 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ބ) އަދި (ރ) އަށާއި، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަށް ކުރެވިގެން ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކަކީ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ސީދާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ދިމާވެފައިވާ ޙާލަތުއްޟަރޫރާ ނުވަތަ (doctrine of necessity) ޑޮކްޓްރިން އޮފް ނެސެސިޓީއަށް ރިޢާޔަތް ކުރިވެގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ހުއްދަ ދޭ މައްސަލަތަކެވެ. ނަމަވެސް އިސްވެ ބުނެވުނު ޙާލަތުއްޟަރޫރާގެ ދަށުން ހުއްދަކުރެވޭ ކަންކަން ބޭނުން ކުރުމުގައި ހައްދުފަނައަޅައި ދިއުން ހުއްދަވެގެން ނުވެއެވެ. އަދި ޟަރޫރަތުގެ ޙާލަތު ނެތި ދިއުމަށްފަހު، އެޙާލަތުގައި ހުއްދަކުރި ކަންކަން ހުއްދަވެ، ދެމިއެއް ނޯންނާނެ ކަމަށާއި،
10.2 ކޮންމެ ޙައްޤެއްވެސް އިންތިޒާމުވެފައި އޮންނަންވާނީ ޤާނ ނުން ކަނޑައަޅާ ޙުދ ދެއްގެ ތެރޭގައި ކަމާއި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުންކުރާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟ ޢީ ގޮތުންނާއި، އިޚް ތިޞާޞްގެ ގޮތުންނާ އަދި ވަޤުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއްކަމާއި، މިގޮތުން ވަޤުތުގެ ގޮތުން އެ ޙައްޤު ބޭނުންކުރެވޭނީ ދަށު މަރްޙަލާގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމާ ހަމައަށްކަމާއި، ވަޤުތުގެ ގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ޙުދޫދުގެ ތެރޭގައިކަން އެނގެން އޮންނައިރު، މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅުމުގައި ތަފާތު ދައުލަތްތަކުގެ ޤާނޫނު ހަދާ ބާރުތަކުން ޢަމަލުކުރާ ގޮތަށް ބަލާއިރު ރިޢާޔަތްކުރަނީ ޙަޤީޤަތުގައި، ދެ ކަމެއްގެ މެދުގައި ވަޒަންކުރުން ކަމާއި؛
10.3 އެގޮތުން ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭޚުޞ މަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެޟަރޫރަތްތެރިކަންކަމާ، އަދި ދެވަނަ ކަމަކީ ޚަޞްމުން ނަށް ފުރަތަމަ މަރްޙަލާގެ ކޯޓުގައި ހުށަހެޅުމުގެފުރުޞަތު ނުލިބި ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts) ތަކްޔީފުކުރުމުގައާއި، ޤާނޫނު މާނަކުރުމުގައާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައި އޮވެދާނެކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތުދިނުމުގެ ގޮތުން ފުރަތަމަ މަރްޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީކޯޓެއްގެ ކުރިމަތީގައި ޗެލެންޖްކޮށް އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެޟަރޫރަތްތެރިކަން ކަމާއި، މި ދެ ކަމުގެ މެދުގައި ވަޒަންކޮށް ތަފާތު ދައުލަތްތަކުގެ އިޖްރާއާތުގެޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން ކުރުކޮށްކަމާ، އަދިއިސްތިއުނާފުކުރުމާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި ޙާލަތްތަކުގައިއިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ އިޖުރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާއްމު މުއްދަތުކަމާއި، އެ ޢާއްމު މުއްދަތު ތަފާތު ދައުލަތްތަކުގެ އިޖުރާއާތުގެޤާނޫނުތަކުގައި އެއްގޮތް ނޫންކަމެއްކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.