އިބްރާހީމް ނާފިޡް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)

ޤަޟިއްޔާ ނަންބަރު:
2019/HC-A/288
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
14/03/19

ކަނޑައެޅުނު އުސޫލު

  1. 8. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 83 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ، ޖިނާއީ މައްސަލައެއްގެ ދަޢުވާ ކޯޓަށް ހުށަހަޅަންޖެހެނީ ، ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. ދަޢުވާ ފޯމާއެކު ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި ، ލިޔެކިޔުމާއި، އެކްޒިބިޓްތައް ހިމަނަންޖެހެއެވެ. އަދި ދަޢުވާ ފޯމާއެކު މާއްދީ ހެކި ހުށަހެޅެން ނެތްނަމަ ، އެހެކީގެ ތަފްޞީލު ދަޢުވާ ފޯމާއެކު ހުށަހަޅަން ޖެހެއެވެ. އަދި ޝަފަހީ ހެކި ހިމެނޭނަމަ ، އަދި އެހެކިން ހިމާޔަތް ދިނުމަށް އެދިފައި ނެތްނަމަ، އެ ހެކިބަސް ދޭ މީހާގެ ތަފްޞީލު ދަޢުވާ ފޯމްގައި ހިމަނަން ޖެހެއެވެ. ބަޔާންވެދިޔައީ ދަޢުވާ ފޯމާއިއެކު ހިމަނަ ންޖެހޭ ކަމަށް ބަޔާންކުރާ ހެކިތަކެވެ. އެހެންކަމުން ، ދަޢުވާ ފޯމު ހުށަހަޅާއިރު، އެތާހަނަށް ޑޮކްޓަރީ ގޮތުން ނުވަތަ ސައިންޓިފިކް ގޮތުން ، ނުވަތަ އެނޫންވެސް ގޮތަކުން ތަޙްލީލުތަކެއް ކުރުމަށް ފޮނުވާފައިވާ ހެކިތަކެއް ހުރިކަން ޕްރޮސިކިއުޝަނަށް އެނގިފައިވާނަމަ ، އެފަދަ ހެކިތަކުގެ ނަތީޖާ އެހިނދަށް ލިބިފައި ނެތްނަމަވެސް އެހެކިތައް ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅަން ބޭނުންވާނަމަ، ދަޢުވާ ފޯމާއެކު އެކިތައް ހުރިކަމަށް ހިމަނަންޖެހޭނެއެވެ. އެހެނީ މިމަރުޙާލައަކީ، ދަޢުވާ ފޯމް ކޯޓަށް ހުށަހަޅާ މަރުޙާލަ ކަމުން ، މިއީ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅަން ބޭނުންވާ ހެކިތައް ދަޢުވާ ފޯމުގައި ހިމަނަންޖެހޭ މަރުޙާލާއެއެވެ. ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅަން ޤަޞްދުކުރާ އެންމެހައި ހެކި ހާމަކުރަންޖެހެނީ ، 1 އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް އިންކާރު ކުރުމުންނެވެ. ހެކި ހާމަ ކުރުމަށް ާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތަކީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ދާއިރުވެސް ދެފަރާތަށްވެސް އޮތް 2 މަސްއޫލިއްޔަތެކެވެ. މިގޮތުން ޝަރީޢަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ ، އެކަމުގެ މަޢުލޫމާތު މައްސަލައިގައި ހިމެނޭ އަނެއްފަރާތަށް އަދި ކޯޓަށް ވަގުތުން އަންގަންވާނެކަން އެނގެއެވެ.

    މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެމައްސަލައިގެ 5 އަޑުއެހުންތައް ފަނޑިޔާރު އަލުން ހުޅުވާލައިގެންނުވު މެވެ. ނަމަވެސް މި އަޞްލަށް އޮތް އިސްތިސްނާތަކުގެ ތެރެއިން، ޤާނޫނު ހުއްދަ ކުރާ އެއް އިސްތިސްނާއަކީ، އެ މައްސަލައަކާއި ގުޅޭގޮތުން ކުރިން ލިބިފައިނުވާ އައު ހެކި ލިބިފައިވާ ޙާލަތުގައެވެ. އަދި އެ ހެކި ޝަރީޢަތަށް ހުށަހެޅުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތެއްގައެވ

    9. އިސްތިއުނާފުކުރާ ފަރާތުން ވެފައިވާ އިޢުތިރާފަކީ، ދަށު ކޯޓުގައި ހިނގަމުންދިޔަ މުއްދަތުގެ މަޖިލީހެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ވެފައިވާ އިޢުތިރާފެއްކަމުން، އެއިޢުތިރާފަކީ ހުސްބަޔާނެއް ކަމަށް ބެލެވިދާނެ ކަމަށް ނުފެނެއެވެ. އެއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ހެއްކެއް ކަމުގައި ނުބެލެވުނަސް އެބަޔާނަކީ އެއަށް އިތުބާރު ދެވޭނެ ޤަރީނާއެކެވެ. އެހެން ނޫންނަމަ ، ކޯޓު ތެރޭގައި ފަނޑިޔާރުގެ ކުރިމަތީގައި އެމީހަކު ހިތައް އެރި ގޮތަކަށް ހިތަށް އެރި ވާހަކައެއް ދައްކާފައި، ފަހުން އެއީ ނުދައްކާ ވާހަކައަކަށް ހެދުމުގެ ދޮރު ހުޅުވިގެން ހިނގައިދާނެއެވެ. ކޯޓު ތެރޭގައި ފަނޑިޔާރެއްގެ ކުރިމަތީގައި ހިނގަމުންދާ އަޑުއެހުމަކާއި ގުޅިގެން އެއްވެސް ފަރާތަކުން ވާހަކަ ދައްކަންޖެހޭނީ އެކަމުގެ ނަތީޖާއެއް އޮންނާނެކަން އެ ނގި ހުރެގެންނެވެ. ދަށުކޯޓުގެ މުއްދަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ދީފައިވާ ބަޔާނަކީ އެއަށް ބުރަދަނެއް ނުދީ ދޫކޮއްލެވޭނެ ހުސް ބަޔާނެއް ނޫނެވެ. އެބަޔާ ނަކީ އެމައްޗަށް އިތުބާރު ދެވޭ ނެ ޤަޠުޢީ ޤަރީނާއެކެވެ.

    10. 48 ވަނަ މާއްދާގައި ބަޔާން ކުރާ ކުޑަކުއްޖެގެ ހެކި ބަހަކީ ޝަރީޢަތަކާއި ގުޅިގެން ކުޑަކުއްޖެއްގެ ޝަފަހީ ހެކިބަސް ނެގުމާ ގުޅޭ އިޖުރާއަތެއްކަން އެ ނގެއެވެ. މިމޭރުމުން ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2011/09( 08 ސެޕްޓެމްބަރު 2011 ) ޢާންމު ސިޓީގައިވެސް ބަޔާން ކޮށްފައިވަނީ ކުޑަކުދިންނާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައާއި އަދި މިނޫންވެސް މިބާވަތުގެ އެހެނިހެން މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ހެކިބަސް ނެގުމުގައި، މައްސަލައިގެ ޙާދިޘާ ހިނގި ތާރީޚަށް ބެލުމެއްނެތި ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމު ގެ ޤާނޫނުގެ 48 ވަނަ މާއްދާގައިވާ އިޖުރާއަތާއި އެއްގޮތަށް ކޯޓުތަކުން ޢަމަލު ރަމުން ގެންދިއުމަށެވެ. އެހެންކަމުން، މިޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ބަޔާން ނެގުމުގައި 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތް އެހެން އިދާރާއަކުން ތަބާވެފައި ނުވުމަކީ އޭގެ ޒާތުގައި އެކުއްޖާގެ ބަޔާން 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާއި ޚިލާފުވެގެންކަމަށްބުނެ ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ބަޔާނެއް ނޫނެވެ. ނަމަވެސް ކުޑަކުދިންގެ ބަޔާން ނެގުމުގައި އަނިޔާ ލިބުނު ކުޑަކުއްޖާ މަސްލަޙަތު ހިމާޔަތް ކުރުމުގެ ގޮތުން 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތަށް އެހެން ހުރިހާ އިދާރާތަކުން ވެސް ތަބާވުމަކީ ނުވަތަ ގައިޑް ލައިނެއްގެ ގޮތުގައި ބެލުމަކީ ރަނގަޅު ގޮތެއް ކަމަށް ޤަބޫލު ކުރެވެއެވެ.

    12. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަލުކުރުމުގެ ޤާނޫނުގެ 47 ގެ (ނ) ގައި ބަޔާންކުރާ "ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން" ކަމަށް ބުނާ ބުނުމަކީ، ކުޑަކުއްޖާއާ އެކު ސީދާ ތުހުމަތު ކުރެވޭ ކުށުގެ ޢަމަލު ހިންގަނިކޮށް ފެނުނު ބައެއްގެ ހެކިބަސް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބު ނާ ބުނުމެވެ. ޢާންމު އުޞޫލުން ލޮލަށް ފެނުން ކަމަށް ހެއްކާބެހޭ ޤާނޫނުގައި ބަޔާން ކުރަނީ، އެޙާދިޘާއެއް ހިނގަނިކޮށް ސީދާ ފެންނަ މީހުންނަށެވެ. މިއީ ސީދާ ހެކި (evidence direct (އެވެ. ނަމަވެސް،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަ މަލުކުރުމުގެ ޤާނޫނު އަކީ، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ޝަރީޢަތު ގެ މަޖިލީހަށް ބަލައިގެ ން ހެކީގެ މިންގަނޑު ލުއިކުރުމުގެ ގޮތުން ޙާދިޘާ އާއި ގުޅިފައިވާ އެހެންކަންކަން ނުސީދާ ގޮތެއްގައި ފެންނަ 12 އެކަށައެޅިފައިވާ ޤާނޫނެއް ކަމަށްވުމުން، ފަރާތްތައް (indirect/evidence circumstantial) އެއީ އެކަން ނުފެންނަ ބައެއްގެ ގޮތުގައި ބެލިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ