ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނާޒިޝް ނާޡިމް އަދި އިތުރު ދެ މީހެއް

ޤަޟިއްޔާ ނަންބަރު:
2024/HC-B12/45
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން
ނިމުނު ތާރީޚު:
29/10/24

ފަނޑިޔާރުން

ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް

މައްސަލައިގެ ޚުލާސާ

-ދަޢުވާލިބޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރަންޖެހޭ މީހެއްކަމަށް ކްރިމިނަލް ކޯޓުގައި ވަކާލާތުކުރެވުނެވެ. ޤަވާޢިއުގެ 13 ވަނަ މާއްދާގެ (ނ) ގައި ހުރިކަންކަމަށް ރިޢާޔަތްކޮށެވެ.

-ކްރިމިނަލް ކޯޓުން ނިންމެވީ މައްސަލައިގެ ފަސްފަހަތަށާއި، ހާދިސާ ހިނގާފައިވާ ގޮތަށާއި، ޝަކުވާ ހުށަހެޅި ފަރާތަށް ބަދަލުދެވިފައިވާތީއާއި، މި މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައަކަށް ނުވާތީ، ޝަރުޠުކުރުމަށް ފަހު ބަންދުން ދޫކޮށްލުމަށެވެ.

-ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ބޮޑަށް ބުރަވެވޭ މިންގަނޑުން ވަޒަންކުރާއިރު، ކުށުގެ ރެކޯޑަށާއި، ޖަމާޢަތް ހަދައިގެން ހިންގުނު ކުށުގެ ޢަމަލަކަށްވާތީއާއި، ކުށުގެ ހާދިސާ ހިނގާފައިވާގޮތަށް ބަލާއިރު، ފާރަލައި މީހަކު ހުއްޓުވައު މީހެއްގެ އަތުން މުދަލާއި ފައިސާ އަތުލައިފައިވާތީއާއި، ކުށުގެ ޢަމަލު ހިންގުމުގައި އަނިޔާވެރިކަން ހިނމެނޭތީ، މިކަންކަމަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނިންމެވުން ރަނގަޅު ނުވާތީއެވެ. ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ވުޖޫދުވާ ބައިވަރު ވާޤިޢާތައް ހުރެމެ އެވާޤިޢާތަކަށް ބުރަދަނެއް ދެވިފައި ނުވާތީއެވެ.

އިޝޫ

ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ޤާއިމުވޭތޯ؟

ނިންމިގޮތް

ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމަށް.

ކަނޑައެޅުނު އުސޫލު

  • -ދަށު ކޯޓުން ބަންދުން ދޫކޮށްލި ސަބަބު އެކަށީގެންވާ މިންވަރަކަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަމަށް ބަލާއިރު ޤަވާޢިދުގެ 13 ވަނަ މާއްދާއާއި ޤާނޫނުގައި ހުރި ކަންކަމަށް ޤާޟީ ރިޢާޔަތްކޮށްފައިވާކަން އެނގެން އޮތުން.

  • -އިސްތިއުނާފަށް ހުށަހެޅާފައިވާ ނުކުތާގެ މައިގަނޑު ޝަކުވާއަކީ، ބަންދުގައި ބަހަށްޓަންޖެހޭ ސަބަބު އޮތްކަމަށް ދައުލަތަށް ޤަބޫލުކުރެވޭ ކުރެވުމެވެ. އިސްތިއުނާފީ މަރުޙަލާއަކީ އަލުން ބަންދާ މެދު ގޮތެއް ނިންމުގެ މަރުޙަލާ އެއް ނޫނެވެ.

  • -ބަންދުން ދޫކޮށްލުމަކީ ޤާޟީއަށް ލިބިގެންވާ އިޚްތިޔާރަކަށް ވެފައި، ބަންދުން ދޫކޮށްލީ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުކަމަށްވާތީއާއި، ޤާޟީ ހައްދަވާފައިވާ ޤާނޫނީ ގޯހަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވާކަން.

  • -ސުޕްރީމް ކޯޓުގެ އ.ޚ.މ ޤަޟިއްޔާއަށް ބަލާއިރު، ފަނޑިޔާރު ނިންމުން ނިންމެވުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަކީ ކޮބައިކަން ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާތީ، އިސްތިއުނާފުގެ އޮޅިގަނޑު ގިރާނުވާކަން.

 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ