އަޙްމަދު ރިޔާޟް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-S-A/06
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 13/12/21
ކަނޑައެޅުނު އުސޫލު
6. އަނިޔާލިބުނު ކުއްޖާހެ ބަޔާންނެގުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ބަޔާނަކީ ބާޠިލް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނަގާފައިވާ ބަޔާނެއް ކަމަށް ބުރައެއް ނުވެއެވެ. ސަބަބަކީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ތަޙްޤީޤު ބަޔާން ނުވަތަ އެ ނޫންވެސް ބަާނެއް ނެގުމާ ގުޅޭ ފުރިހަމަ އިޖުރާއަތެއް 12/2009 ގައި ބަޔާންކޮށްފައި ނެތުމެވެ. މި ޤާނޫނުގެ 48 ވަނަ މާއްފާއަކީ، މި ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ "ހެކިބަސް" ހޯދާކަމަށްވާނަމަ، ޢަމަލުކުރަން އޮތް އިޖުރާއަތެކެވެ.
ނަމަވެސް އެ ބަޔާން ޝަރީޢަތަށް ހުށަހަޅަން ބޭނުންވަނީ، 12/2009 ގެ 48 ވަނަ މާއްދާގެ ދަށުން އެ ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖާގެ ކިބައިން ހޯދާފައިވައިވާ ހެކިބަހެއްގެ ގޮތުގައި ކަމަށްވާނަމަ، އެ ބަޔާން 48 ވަނަ މާއްދާގައި އޮތް އިޖުރާއަތާ އެއްގޮތަށް ނެގިފައި ވާން ޖެހޭނެކަމަށް ދެކެމެވެ. ކުޑަކުދިންގެ ތަޙްޤީޤު ބަޔާން ނުވަތަ އެ ނޫންވެސް ބަޔާނެއް ނެގުމުގައި އަނިޔާ ލިބުނު ކުއްޖާގެ ޙިމާޔަތްކުރުމުގެ ގޮތުން 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ނުވަތަ އެ ނޫން އެއަށްވުރެ ރަނގަޅު އިޖުރާއަތެއް އޮތްނަމަ، އެ ގޮތަކަށް ކަންކުރުމަކީ ކުޑަކުދިން ޝާމިލްވާ މައްސަލަތަކުގައި އެ ކުދިންގެ ބަޔާންނަގާ އިދާރާތަކުން ތަބާވުން ރަނގަޅު ގޮތްކަމަށް ދެކެމެވެ.