ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ސައިފު

ޤަޟިއްޔާ ނަންބަރު:
2018/HC-S-A/06
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
07/08/18

ކަނޑައެޅުނު އުސޫލު

  1. 3.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިސްވެ ބުނެވިދިޔަ މާއްދާތަކާއި އަދި އެޤާނޫނުގެ ދާއިރާފެ ތެރެއިން ދަޢުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެމައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެޤާނުނުގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަދަނީ މިންގަނޑުން އެދަޢުވާ ކުރިއަށް ގެންދެވޭނެތީ ކަނޑައެޅުމުގައި ހުށަހެޅިފައިވާ ދަޢުވާއާއި، އެދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް ރިޢާޔަތްކުރަންޖެހޭނެކަން އެނގެން އޮންނައިރު، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް، ދަޢުވާލިބޭފަރާތުގެ މައްޗަށް އެކަމުގައ ތުހުމަތުކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ހާލަތުގައި އެދަޢުވާއާއިގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިދާނެކަން އެނގޭކަމާއި، މިފަދައިން ބަލާބެލުމުގައި އެކަމުގައި ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ހެކި ހުށަހަޅާފައިވޭތޯ ބަލައި އެހެކިތަކުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމާއި، އެގޮތުން އެދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކުން އެދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ