ޙަސަން އަނީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2019/HC-A/359
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
08/03/20

ކަނޑައެޅުނު އުސޫލު

  1. (ނ) ދައުލަތު ގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޅ.ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ "ކުއްޖާއާބެހޭ ރިޕޯޓް" ތައްޔާރުކުރި ރިޕޯޓް ޗެކްކުރި ފަރާތްކަމަށްވާ، ޅ.ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ކައުންސެލަރ ޢާއިޝަތު ރިޒްމީން ހާޟިރުކޮށް ޝަރީޢަތުން ހެކިބަސް ނަގާފައިވަނީ، އެރިޕޯޓު ތައްޔާރުކުރި އެސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ އިސްޙާޤް ޢަބްދުލްޙަމީދު އެއިރު އެސެންޓަރުގައި ވަޒީފާ އަދާކުރަމުން ނުދާތީކަން އެނގޭކަމާއި، ޢާއިޝަތު ރިޒްމީންއަކީ އެރިޕޯޓު ޗެކުކުރި ފަރާތަށް ވެފައި އެރިޕޯޓުގައި ހުރިކަމާގުޅޭ ގޮތުން ޝަރީޢަތުގައި މަޢުލޫމާތު ދެވޭނެ މީހެއްކަމުގައި ޢާއިޝަތު ރިޒްމީން ވާނެކަން އެނގޭކަމާއި، އެގޮތުން ޢާއިޝަތު ރިޒްމީން ހެއްކެއްގެ ގޮތުގައި ހުށަހެޅިގެން ދިޔައިރު، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ހުށަހެޅުމާމެދު ދަށުކޯޓު ގެ އިބްތިދާއީ އަޑުއެހުމުގައި ޙަސަން އަނީލްގެ ފަރާތުން އިއުތިރާޒުކޮށްފައިނުވާކަމާއި، އަދި ޝަރީޢަތަށް ޢާއިޝަތު ރިޒްމީން ހާޒިރުކޮށް ހެކިބަސް ނެގުނު އިރުވެސް އޭނާގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ހުށަހެޅުމާއި އަދި އޭނާ ހެކިބަސް ދޭދިނުމާމެދު ޙަސަން އަނީލްގެ ފަރާތުން އިޢުތިރާޒުކޮށްފައިނުވާއިރު، ޢާއިޝަތު ރިޒްމީނާ ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހާޒިރުކުރި ކުރުމާމެދު މިހާރު މިކޯ ޓުގައި ޙަސަން އަނީލްގެ ފަ ރާތުން ކުރާ އިޢުތިރާޒަކީ ޝަރީޢަތުން ޤަބޫލުކުރެވޭނެ އިޢުތިރާޒެއްނޫންކަން އެނގޭކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ