އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2012/HC-A/129
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
12/09/12

ކަނޑައެޅުނު އުސޫލު

  1. 3 (ށ) މެޑިކޯ ލީގަލް ރިޕޯރޓަކީ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުފައިވާ ރިޕޯރޓެއްކަމަށް ވާއިރު، އެ ރިޕޯރޓްގެ ޞައްޙަކަމާމެދު ދަޢުވާލިބޭ މީހާ ސުވާލު އުފައްދާފައިވާކަން އެނގެންނެތްކަމާއި، އެރިޕޯރޓް ދޫކޮށްފައިވަނީ އެ ރިޕޯރޓް ތައްޔާރުކޮށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުންކަން އެނގެން އޮންނަ މިފަދަ ޙާލަތުގައި އެ ރިޕޯރޓަކީ ސައްޙަ ރިޕޯރޓެއްކަމަށް ޝަރީޢަތުން ބަލަންޖެހޭނެ ކަމާއި، އަދި އޭގައިވާ ކަންތައްތަކަކީވެސް ތެދު ހަޤީޤަތްކަމަށް ބަލަނެޖެހޭ ކަމުން އެ ރިޕޯރޓް ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކީ މިމައްސަލައިގައި ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ނުފެންނަކަމަށް.

    (ނ) ޤާނޫނު ނަންބަރު: 2009/12 ގެ 47 ވަނަ މާއްދާގައި ބަޔަންކޮށްފައިވާ މިންވަރަށްވުރެ މަދުން ހުރިނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާނަމަ، ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށާއި، އެކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ މާއްދާ ހުރަސް ނާޅާކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ