ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އައިދު ސަޢީދު

ޤަޟިއްޔާ ނަންބަރު:
2024/HC-B12/7
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބަންދު އަމުރު މުރާޖަޢާކުރުން
ނިމުނު ތާރީޚު:
07/02/24

ފަނޑިޔާރުން

މުޙައްމަދު ނިޔާޒު (ރިޔާސަތު)، ޙުސައިން މަޒީދު، މުޙައްމަދު ސަލީމް

މައްސަލައިގެ ޚުލާސާ

މުޙައްމަދު އައިދު ސަޢީދުއަކީ މީގެ ކުރިން މި މައްސަލައިގައި ބަންދުކޮށްފައިވާ މީހެކެވެ. ނަމަވެސް މީނާގެ ބަންދު މުރާޖަޢާކޮށް މީނާ ބަންދުން ދޫކޮށްލާފައިވެއެވެ. ސަބަބަކީ، މީނާ ހާދިސާ ހިންގިތަނުގައި ނުހުންނާނެކަމުގެ ދިފާޢެއް މީނާ ނަގައި އެކަން ސާބިތުކުރުމަށް ސީ.ސީ.ޓީ.ވީ ފޫޓޭޖަކާއި، މީނާގެ ބައްޕަގެ ބަޔާނެއް މީނާ ހުށަހަޅާފައިވާތީއެވެ. އަދި މިހެކިތަކަށް ބަލާއިރު، ހާދިސާ ހިނގި ވަގުތުގައި މީނާ ގޭގައި ހުރިކަމަށް ބެލެވޭތީއެވެ.

އިޝޫ

ހާދިސާ ހިނގިތަނުގައި މުއްތަހަމު ހުރިކަން ދައުލަތުން ހުށަހަޅައި ހެކިތަކުން އެނގެން އޮންނަ ޙާލަތުގައި، ހާދިސާ ހިނގިތަނުގައި މުއްތަހަމު ނުހުންނާނެކަން ސާބިތުކުރުމަށް މީނާގެ ފަރާތުން ހެކި ދައްކާ ޙާލަތުގައި ބަންދަށް ލުއި ދެވިދާނެތޯ؟

ނިންމިގޮތް

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަކީ، ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، ފުލުހުންގެ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު އައިދު ސަޢީދު ބަންދުކުރުމަށް އެދި ކަމާބެހޭ ކޯޓަކަށް މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު ގޮތެއް ކަނޑައަޅަން އަންގަވާފައިވެއެވެ.

ކަނޑައެޅުނު އުސޫލު

-ދިފާޢުން ހުށަހެޅި ހެކި ވަޒަންކޮށް، ކުށުގެ ޢަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާޢު ސާބިތުވާކަމަށް މި މަރުޙަލާގައި ނިންމުމުން، ނިކުންނަ ނަތީޖާއަކީ ކުށުގެ ޢަމަލު ހިނގި ތަނުގައި އޭނާ ހުރިކަމާއި ކުށުގެ ޢަމަލުގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުނެ ހުށަހެޅި ހެކިތައް ވަޒަން ނުކުރެވެނީސް އެހެކިތަކުގެ ބުރަދަން އެކީގައި ނެތި ދިއުންކަން.

- ބަންދުގެ މަޖިލިސްތަކަކީ ހެކި ޤަރީނާ އޭގެ އެންމެ ފުނަށް ވަޒަންކުރާ މަރުޙަލާއެއް ނޫންކަން. ކުށުގެ ޢަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާޢު ފަދަ މައުޟޫޢީ މުޅި މައްސަލައާމެދު ގޮތެއް ކަނޑައެޅިދާނެފަދަ ދިފާޢުތައް ވަޒަންކޮށް ގޮތް ކަނޑައެޅުމަކީ މިފަދަ މަޖިލިސްތަކުގައި ކުރެވިދާނެކަމެއް ނޫންކަން. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދައްކާ މަގުން މިފަދަ ދިފާޢުތަކާމެދު ގޮތް ނިންމުމަށް ކަނޑައެޅިފައިވާ މަރުޙަލާގައި އެ ދިފާޢު ވަޒަންކޮށް ނިންމުމަކީ އެ ޤާނޫނުގެ މަޤްސަދު ހާޞިލްވެގެންދާނެ ގޮތެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ