ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަމީމް

ޤަޟިއްޔާ ނަންބަރު:
2020/HC-A/297
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
31/12/20

ކަނޑައެޅުނު އުސޫލު

  1. 9. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ (ށ) ގެ ދަށުން 18 އަހަރު ފުރިފައި ވީނަމަވެސް އެއީ ކުޑަކުއްޖެއް ކަމަށް ބެލެވޭނީ، ކުއްޖާއަކީ ބުއްދީގެ ތަޞައްރުފުނުފުދޭ ކުއްޖެއްނަމަކަމާއި، އަދި އެކަން ޝަރީޢަތަށް ސާބިތުކޮށްދޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ޝަރީޢަތަށް ހުށަހަޅަ އިގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ޤަޟިއްޔާގައިވަނީ ކަނޑައަޅާފައެވެ.

    10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ޤަޟިއްޔާއިން 18 އަހަރު ފުރިފައި ވީނަމަވެސްއެއީ ކުޑަކުއްޖެއް ކަމަށް ބެލެވޭނީ ސަރު ކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހެޅު މުންކަން ވަރަށް ޞަރީޙަކޮށް އެނގެއެވެ. އެހެންކަމުން ދައުލަތުގެފަރާތުން ޝަރީޢަތަށް ހުށައަޅަން ޖެހޭނީ "މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޮލޮޖިކަލް ސަރވިސަސް،ޓްރެއިނިން އެންޑް ރިސާރޗް" އަކީ، މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ބުއްދީގެ ތަޞައްރުފު ހުރިތޯ؟ ނުވަތަނެތްތޯ؟ ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ބަލައިގެންފައިވާ މުއައްސަސާއެއްކަން ދަލާލަތު ކޮށްދޭނެރަސްމީ ލިޔުމެކެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ