ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސަމާމު

ޤަޟިއްޔާ ނަންބަރު:
2020/HC-A/16
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
30/09/21

ކަނޑައެޅުނު އުސޫލު

  1. 4.8 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގައި، ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެ ފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައި ކަމަށާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދަޢުވާ ފޯމާއެކު ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވއެވެ. އެހެންކަމުން ދަޢުވާ ފޯމާއެކު ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ ލިޔުންތައް ހިމަނާފައިނުވާނަމަ ދަޢުވާ ހުށަހެޅީ ކަމުގައި ޤާނޫނީގޮތުން ބެލެވޭނެ ހަމައެއް ނޯންނާނެކަން އެނގެއެވެ.

    4.10 ...ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ވަނީ، "މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެ ކުރަނީ ކުށެކެވެ." މިފަދައިންނެވެ. ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުން، އެއީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންކަމަށް ބެލެވޭނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ