ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް

ޤަޟިއްޔާ ނަންބަރު:
2024/HC-A/183
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
25/12/24

ފަނޑިޔާރުން

ޙަސަން ޝަފީޢު (ރިޔާސަތު)، މުޙައްމަދު ނިޔާޒު، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

  1. މައްސަލަ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބަޔާންކޮށް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D5C/2024/01 "ރަޖިސްޓްރާރގެ ނިންމުން" އިން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވެއެވެ. މައްސަލަ ބަލައިނުގަތުމަށް ނިންމުމުން ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމައިދިނުމަށް އެދި 27 މާރިޗު 2024 ދުވަހު ހުށަހަޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އިން މި މައްސަލަ އެ ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވެއެވެ.

އިޝޫ

  1. ޤާނޫނު ނަންބަރު: 21/2022 (ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ޖިނާއީ ކުށެއްގެ ދަޢުވާލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލާގައި ދަޢުވާއެއް އުފުލަންވާނެއެވެ.

  2. މި މައްސަލައާ ގުޅިގެން އުފެދިފައިވާ ސުވާލަކީ މި މައްސަލައަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއްތޯ ނުވަތަ ނޫންތޯއާ މެދުގައެވެ.

ނިންމިގޮތް

މިލަދުންމަޑުލު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D12C/RNAB/2023/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަދި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުގެ ނަންބަރު: D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" ގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރެއްވި.

ކަނޑައެޅުނު އުސޫލު

މިލަދުންމަޑުލު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D12C/RNAB/2023/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަދި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުގެ ނަންބަރު: D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" ގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރެއްވި.

މި ނިންމެވުމަށް ވާޞިލުވުމުގައި ތިން ފަނޑިޔާރުންގެ ތިން ރަޢުޔެއް އޮތުުމުން މައްސަލައާގުޅިގެން ރޭޝިއޯ އެއް ކަނޑައެޅިފައެއްނުވޭ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ