ޢަލީ ޝިވާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2013/HC-A/332
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 16/02/14
ކަނޑައެޅުނު އުސޫލު
5 (ށ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރާތްކާމެދު ކުށުގެ ޢަމަލު ހިންގުނުކަމަށް ބުނާ ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިވާ ހެކިތަކަކަށްވުމުން، އެކުއްޖާ އެހާދިސާ އެކިފަހަރު އަދި އެކި މަޙައްލުތަކުގައި ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކާއި، އަދި އެއީ ހަޤީޤަތެއްނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިނަމަ އެކަންކަމުގެ މައްޗަށްވެސް ޝަރީޢަތުން ބައްލަވައި، އެކަންކަން ވަޒަންކުރައްވަންޖެހޭނެކަމާއި، އަދި އެގޮތުން އެކަންކަން ވަޒަންކުރައްވާއިރު، އެކުށުގެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަކެއް އުފެދިފައިވާނަމަ، އެމުއްތަހަމުގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެ