ޢަބޫބަކުރު ފިރާޤް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2015/HC-A/150
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 28/02/16
ކަނޑައެޅުނު އުސޫލު
3 ވަނަ ނަންބަރުގެ (ނ) : ކުޑަކުދިންނާއެކު ބަދުއަޙްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މައްސަލަތަކަކީ ތަޢުޒީރީ އަދަބެއް ކަނޑައެޅިފައިވާ މައްސަލަތަކަކަށް ވުމުން، މިބާވަތުގެ ދަޢުވާތައް ސާބިތުކުރުގައި ވަކިބާވަތެއްގެ ވަކި ހެކިތަކެއް މެނުވީ ޤަބޫލުކޮށްގެން ނުވާނެކަމަށް އިސްލާމީ ޝަރީޢަތުގައި ޤަތުޢީގޮތުން ކަނޑައަޅާފައިނުވާނެކަމާއި، މިގޮތުން ޙަވާލާދެވިފައިވާ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) އިން (ދ) އަށް ބަޔާންކުރެވިފައިވާ ހެކިތަކުގެ އިތުރަށް، މައްސަލަ ސާބިތުކުރުމަށް ހުށަހެޅޭ ހަރުދަނާ އެހެނިހެން ޤަރީނާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރެވިދާނެކަން އެނގޭކަމާއި، މިހެންކަމުން ކުޑަކުއްޖަކާމެދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުފުލޭ ދަޢުވާތައް ބެލުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުތާ މީހުންނާމެދު ޚާއސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ހެކީގެ ތެރެއިން މަދުވެގެން 5 ބާވަތެއްގެ ހެކި ލިބިފައި ނެތްނަމަވެސް، އެފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަންކުރުމުގައި، މައްސަލައާ ގުޅިގެން ހުށަހެޅޭ ޝަރީއަތާއި ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާ ޤަރީނާތަކުގެ މައްޗަށް ބަލައި ވަޒަންކޮށް މައްސަލަ ނިންމުމަކީ ހުއްދަވެގެންވާ ކަމެއްކަން