މުޙައްމަދު ހޫތު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2026/HC-B12/8
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 05/03/26
ފަނޑިޔާރުން
ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، އިބްރާހިމް މާހިރު، އިސްމާޢީލް ޝަފީޢު
މައްސަލައިގެ ޚުލާސާ
1. ތުހުމަތު: މުޙައްމަދު ހޫތު ޢަލީގެ މައްޗަށް ތުހުމަތުކުރެވެނީ، 2026 ފެބްރުއަރީ 04 ވަނަ ދުވަހުގެ ރޭގަނޑު، ލ. ހިތަދޫ ޒިޔާރަތް ކައިރީ ވަލުތެރޭގައި މީހަކު ސައިކަލަށް އަރުވައިގެން ގެންގޮސް، ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށެވެ.
2. ހައްޔަރުކުރުން: އޭނާ ހައްޔަރުކުރެވުނީ 2026 ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭގަނޑު 22:56 ގައެވެ.
3. ދަށު ކޯޓުގެ ނިންމުން: ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ލ. ގަމު މެޖިސްޓްރޭޓް ކޯޓުން (އަމުރު ނަންބަރު: 659-CA/36/2026) އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރިއެވެ. މި އަމުރު ނެރުނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށްގެންނެވެ.
އިޝޫ
ފުރަތަމަ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ބަންދުކުރެވިދާނެތޯ؟
ނިންމިގޮތް
ޤާނޫނު މާނަކުރުން: ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަކީ ބަންދުގެ މުއްދަތު އިތުރުކުރުމާ ގުޅޭ އަކުރެކެވެ. މީހަކު ހައްޔަރުކޮށްގެން ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާ ހާލަތުގައި ބަންދާމެދު ގޮތެއް ނިންމަންވާނީ އެ މާއްދާގެ (ބ) ނުވަތަ (ޅ) ގެ ދަށުންކަމަށް.
އިޖުރާއީ އުނިކަން: ދަށު ކޯޓުން ހޫތު ބަންދުކުރުމުގައި ބޭނުންކޮށްފައިވަނީ ކަނޑައެޅިގެން އެ ޙާލަތަށް ފެތޭ އަކުރެއް ނޫންކަން.
ހެކީގެ މިންގަނޑު: 60 ވަނަ މާއްދާގެ އެކި އަކުރުތަކުގައި ބަޔާންކުރާ ހެކީގެ މިންގަނޑުތައް ތަފާތެވެ. ފުރަތަމަ ފަހަރަށް ބަންދުކުރާއިރު ބަލަންޖެހޭ މިންގަނޑުތަކަށް ރިޢާޔަތްކުރުމެއްނެތި، މުއްދަތު އިތުރުކުރާ އަކުރެއްގެ ދަށުން ބަންދުކުރުމަކީ ޤާނޫނީ ގޮތުން ފުށުއަރާ ކަމެއްކަން.
ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 659-CA/36/2026 (6 ފެބުރުވަރީ 2026) ކޯޓު އަމުރު ބާޠިލުކަމަށް.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މީހަކު ހައްޔަރުކުރުމަށްފަހު، ބަންދުކުރަންޖެހޭ ޙާލަތެއް އޮތްނަމަ، ބަންދުކުރުމުގެ ބާރު ދެނީ އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން އެކަނި ކަމުގައިވާތީ، އެ މާއްދާގެ (ކ) ދަށުން ބަންދުކޮށްދޭން އެދުމާއި، އެ މާއްދާގެ ދަށުން ބަންދުކުރުމަކީ ކޯޓުން ޤާނޫނާ ޚިލާފަށް ކޮށްފައިވާކަމެއްކަމުގައި ކަނޑައެޅުއްވި.