ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
- ޤަޟިއްޔާ ނަންބަރު:
- 2023/HC-A/337
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 03/07/24
ފަނޑިޔާރުން
ޙުސައިން މަޒީދު (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
މި މައްސަލާގައި ދަޢުވާލިބޭ ޝަހުރާބް ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި މީނާގެ މައްޗަށް ކަނޑައެޅުނު އަދަބު 12200ރ އިން ޖޫރިމަނާކޮށް މި ފައިސާ 06 ޖުލައި 2022 ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޙުކުމްކޮށްފައިވެއެވެ. މި މުއްދަތުގް ތެރޭގައި ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އަދަބު ތަންފީޒުކޮށްދިނުމަށް އެދި މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާން ގޮތުގެ އުޞޫލުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ހުށަހެޅިކަމަށް ބަޔާންކޮށް މައްސަލަ ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރ ނިންމެވިއެވެ. ރަޖިސްޓްރަރގެ ނިންމުން މުރާޖައާކުރުމަށް އެދި ހުށަހެޅުމުން އިސްޤާޟީވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ. މިއީ މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުން ބެލުނު މައްސަލައެވެ.
އިޝޫ
އަދަބު ތަންފީޒުކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތަކީ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާން ގޮތުގެ އުޞޫލުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ޙުކުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތުތޯ ނުވަތަ އެ އުޞޫލުގެ 38 ވަަނަ މާއްދާގައި ބަޔާންކުރާ ތަންފީޒީ އިދާރާގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައިތޯ؟
ނިންމިގޮތް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A06 ޤަޟިއްޔާއިންގައި ޖޫރިމަނާއާބެހޭ ވާހަކަތައް ބަޔާންކުރާ ޚާއްސަ ކަންކަން ބަޔާންކުރާ ބާބަކީ ހަތްވަން ބާބުކަމަށް ވީނަމަވެސް، ހަތްވަނަ ބާބުގައި 30 ވަނަ މާއްދާގައިވާ މުއްދަތާއި 38 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތު ފުށުއަތަނީ އުސޫލު ޑްރާފްޓްކުރުމުގެ ތެރެއިން އަރާފައިވާ އޮޅުމަކުންކަން ސާފުކޮށް އެނގެން އޮތުމުން، މި ހާލަތުގައި އިސްކަންދޭންޖެހޭނީ ގާނޫނުގެ ސިޔާސަތާއި މަގްސަދު ހާސިލުވާނެ ގޮތަކަށް އަދި ކޯޓުގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތަށް މި ދެ މާއްދާ މާނަކޮށް ސުލްހަކުރުމަށް ކަމަށްވާތީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ އުސޫލާ އެއްގޮތަށް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި އަމަލުކުރަންޖެހޭނީ "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 38 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވާތީ، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް މުރާޖަޢާ ކުރުމަށް 03 ޖުލައި 2024 ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އަމުރުކޮށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A06 ޤަޟިއްޔާއިންގައި ޖޫރިމަނާއާބެހޭ ވާހަކަތައް ބަޔާންކުރާ ޚާއްސަ ކަންކަން ބަޔާންކުރާ ބާބަކީ ހަތްވަން ބާބުކަމަށް ވީނަމަވެސް، ހަތްވަނަ ބާބުގައި 30 ވަނަ މާއްދާގައިވާ މުއްދަތާއި 38 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތު ފުށުއަތަނީ އުސޫލު ޑްރާފްޓްކުރުމުގެ ތެރެއިން އަރާފައިވާ އޮޅުމަކުންކަން ސާފުކޮށް އެނގެން އޮތުމުން، މި ހާލަތުގައި އިސްކަންދޭންޖެހޭނީ ގާނޫނުގެ ސިޔާސަތާއި މަގްސަދު ހާސިލުވާނެ ގޮތަކަށް އަދި ކޯޓުގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތަށް މި ދެ މާއްދާ މާނަކޮށް ސުލްހަކުރުމަށް ކަމަށްވާތީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ އުސޫލާ އެއްގޮތަށް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި އަމަލުކުރަންޖެހޭނީ "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 38 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވާތީ.