އަޙްމަދު ވަޙީދު އަދި އިތުރު 7 ފަރާތް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2023/HC-B12/32,33,34,35
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން
ނިމުނު ތާރީޚު:
28/05/23

ފަނޑިޔާރުން

ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ޙުސައިން މަޒީދު، އަޙްމަދު ޝަކީލް

މައްސަލައިގެ ޚުލާސާ

13 އޭޕްރީލް 2023 ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް ބަޔަކު މީހުން މާލޭގެ އެކި ސަރަހައްދަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށް ހުރަސްއަޅައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 13 އޭޕްރީލް 2023 ގައި އިސްތިއުނާފްކުރާ ފަރާތްތައް ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު ފުލުހުންހެ ފަރާތުން، 14 އޭޕްރީލް 2023 ގައި މި މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަރާތްތައް 15 (ފަނަރަ) ދުވަހަށް ބަންދުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އިސްތިއުނާފްކުރާ ފަރާތްތައް ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.

މިއީ، ކްރިމިނަލް ކޯޓުން ނިންމި އަމުރުތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އިޝޫ

ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލާފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންތޯ، އަދި ޤާނޫނުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިވާނަމަ، ކަނޑައަޅާފައިވާ ޝަރުތުތަކަކީ ޤާނޫނީ އިމުގެ ތެރެއިން ކަނޑައަޅާފައިވާ ޝަރުތުތަކެއްތޯ ބެލުން.

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ އަމުރުތައް ބާޠިލްކުރައްވައި މައްސަލަ ނިންމެވިއެވެ.

ކަނޑައެޅުނު އުސޫލު

 ޝަރުތުކޮށް މީހަކު ބަންދުން ދޫކޮށްލުމުގެ އަސާސަކީ އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އެ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުންކަމުގައިވާއިރު އަސާސީ ޝަރުތެއްގެ ގޮތުގައި އޮތް ކަމެއް ނުވަތަ އިޖުރާއަތެއް ފުރިހަމަކުރުމަށް ކުރަންޖެހޭ އަސާސީ ކަމެއް ނުކުރުމަކީ އައިބުކަމެއްކަމަށް ސިފަކޮށް އެކަން ޖާއިޒުކުރެވޭނެކަމަށާއި ތުހުމަތެއްގައި ބަންދުކުރެވޭ މީހެއްގެ މައްޗަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާނަމަ، އެ މީހަކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ހެކި ހުރިކަން ކޯޓު އަމުރުން ފެންނަންވާނެކަން.  

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ