ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާޠިމަތު ސިމާނާ

ޤަޟިއްޔާ ނަންބަރު:
2021/HC-N-A/12
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
31/08/21

ކަނޑައެޅުނު އުސޫލު

  1. 18. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުޑަކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބަލަންވާނެ ކަމާއި، އެކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތް ކަމަށް ބެލެވޭނީ، ކުއްޖާގެ ހެކިބަހުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލް ތައް ހިމެނުމާއި، ކުއްޖާ އެކި ފަހަރު މަތިން އެވާހަކަ ދައްކާއިރު އެވާހަކަތަކުގައި ޖައުހަރީ ފުށުއެރުންތަކެއް ނެތްނަމައެވެ.

    19. ކުޑަކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ބަލަންޖެހޭ ކަމަކީ ކުއްޖާ ދައްކާ ވާހަކަތަކާ، ހެކިބަސްދޭ އެހެންމީހުންގެ ވާހަކަތަކާ ދިމާވުމާއި، ސައިންޓިފިކް ތަޙްލީލުތަކުން ފެންނަ ނަތީޖާއާ ކުއްޖާ ބުނާބުނުމާ ދިމާވޭތޯއެވެ.

    21. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި، މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފި ކަމަށްވާނަމަ، އެކުރަނީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ށ) ގައި "ޖިންސީ ނިޔަތަކާއެކު އަތްލުން" ކަމަށް ބުނެފައިވަނީ؛

    (1) "ކުޑަކުއްޖާގެ ކުރިމަތިފަރާތުގައި، ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި، ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭނެ ހިސާބެއްކަމުގައި ބެލެވޭ ތަނެއްގައި އަތްލުން؛

    (2) "ތިމާގެ ސީދާ އަތު ން ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުން، މިއިން ގޮތަކަށް ޢަމަލުކުރުމަށްކަން އެނގޭކަމާއި،

    މި މާއްދާގައި އަތްލުން ކަމަށް ބުނެފައި އެވަނީ ޖިންސީ ޢަމަލު ހިންގުނު ކުއްޖާގެ ހަށިގަނޑުގައި ޖިންސީޢަމަލު ހިންގި މީހާގެ "އަތުން" އަތްލުމުގެ މާނާގައި އެކަނި ނޫންކަމާއި، ނަމަވެސް ޖިންސީ ނިޔަތެއްއޮވެގެން އަތުން ނުވަތަ އެއްޗެއް މެދުވެރިކޮށް ނުވަތަ ހަށިގަނޑުގެ، އަތް ނޫން އެހެން ތަނެއް ނުވަތަގުނަވަނެއްވިޔަސް ޖައްސައި ޖިންސީ ޢަމަލު ހިންގުނު ކުއްޖާގެ ހަށިގަނޑުގައި ބީހުމުގެ މާނާގައިކަމާއި، މިމާއްދާގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ކަނޑައެޅުމުގައި ޖިންސީ ޢަމަލުހިންގުނު ކުއްޖާގެ ހަށިގަނޑުގައި، މި މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތަށް ޖިންސީ ނިޔަތެއް އޮވެގެންއަތްލުން ނުވަތަ ބީހުން ފުދޭކަން އެނގެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ