އިމްތާޒް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2025/HC-B12/41
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 04/12/25
ފަނޑިޔާރުން
ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލު މޫސާ
މައްސަލައިގެ ޚުލާސާ
ޝަރީޢަތުގެ ކުރިން ދިފާއުން ހުށަހެޅި 4 ހުށަހެޅުން ބަލައިނުގަންނަން ކޯޓުން ނިންމި ނިންމުން އިސްތިއުނާފަށް އެދި ހުށަހަޅާފައިވޭ. އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ހުރީ ދަށު ކޯޓުގެ ހުށަހެޅުންތައް އެ ހުރި ގޮތަށް، ހައިކޯޓުގެ ކިބައިން އެދިފައިވަނީވެސް މޯޝަންތައް ބަލައިގަންނަން.
އިޝޫ

ނިންމިގޮތް
އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ޤާނޫނީ ބަހުސެއް ހުށަހަޅާފައިނުވާތީ މި އިސްތިއުނާފް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމްކުރެއްވި.
ކަނޑައެޅުނު އުސޫލު
ޕީޓީއެމް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފްވާ ގޮތެއް ބުނެދެވިފައިނުވާތީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭފަދަ ޤާނޫނީ ބަހުސެއް ހުށަހެޅިފައިނުވާތީ މި އިސްތިއުނާފް ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ނިންމަވާފައިވޭ.