ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ފައިޞަލް މުޙައްމަދު

ޤަޟިއްޔާ ނަންބަރު:
2019/HC-N-A/15
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
25/06/19

ކަނޑައެޅުނު އުސޫލު

  1. 3 (ހ) ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާއަށް ބެލުމުން، އެހެން ޤާނޫނެއްގެ ދަށުން ޖިނާއީ ކުށް ސާބިތުކުރުމަށް ހެކި ބޭނުންވާނޭ މިންވަރާއި މިޤާނޫނުގެ ދަށުން ކުށް ސާބިތު ކުރުމަށް ހެކި ބޭނުންވާ މިންވަރު ތަފާތު ކޮށްދޭ މިންގަނޑެއް ބަޔާން ކޮށްފައިވާކަން އެނގެން އޮންނަކަމާއި،

    ފުރަތަމަ މިންގަނޑަކީ 12/2009 ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ހުރެގެން އެހެކީގެ މައްޗަށް ބިނާކޮށް މިޤާނޫނުގެ ދަށުން ދަޢުވާ ކުރެވޭ ކުށް ސާބިތުކުރުކަމާއި، މިޤާނޫނުގެ ބޭނުމަށްޓަކައި ޤާނުނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅަނީ، މިޙާއްޞަ ޤާނޫނުގެ ދަށުން ހުއްދަ ކޮށްފައިވާ ލުއި މިންގަނޑެއްގެ ދަށުން ކަމާއި،

    ދެވަނަ މިންގަނޑަކީ، 12/2009 ގެ ދަށުން ކޮށްފައިވާ ދަޢުވާއެއް ސާބިތުވާ މިންވަރަށް މިޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާން ކުރާހެކި ލިބެ ނެތްނަމަވެސް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ އެންމެހައި ހެކިތައް ވަޒަން ކުރުންކަމާއި، މިޙާލަތުގައި ހެކި ވަޒަން ކުރެވެނީ މިޤާނޫނުގެ ބޭނުމަށްޓަކައި ނޫންކަމަށްވާތީ، އެޤާނޫނުން ހެކީގެ މިންގަނޑު ލުއިކުރުމަށް ހުއްދަކޮށްފައިވާ ހުއްދަ ކުރުމުގެ ބޭނުން ނުކުރެވޭނެކަމާއި، މިޙާލަތުގައި ޤާނޫނުއަސާސީގެ 51 (އ) ގައި ބަޔާންކުރާ މިންގަނޑަށް ކުށް ސާބިތުކުރެވޭނީ، އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ބަޔާން ކުރާ މިންގަނޑެއް އޮތްނަމަ އެމިންގަނޑުން ނުވަތަ ޖިނާއީ ކުށް ސާބިތުކުރުމަށް ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތް ކިރާ މިންގަނޑުންލަމާއި މިގޮތުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ޖިނާއީ ކުށް ސާބިތުކުރުމަށް ބަޔާން ކުރާ މިންގަނޑު، 2009/12 ގެ ބޭނުނމަށް ލުއިކޮށްފައިވާ ފަދައިން ލުއިވެގެން ނުދާނެކަން އެނގެން އޮންނަކަމާއި، މިޙާލަތަތުގައި ޕްރޮސިކިއުޝަނުން ހުށަހަޅާ ހެކި ވަޒަން ކުރަންޖެހޭނީ ޢާންމު ޖިނާއީ ކުށް ސާބިތުކުރުމުގައި ހެކި ވަޒަން ކުރަންޖެހޭ ހަމަތަކާއި އުޞޫލުތަކުގެ ދަށުންކަން.

    (ށ)  12/2009 ގެ ޤާނޫނުގެ 48 ވަނަ މާއްދާއަކީ އެ ޤާނޫނުގެ ހަތްވަނަ ބައިގެ ދަށުން ބަޔާން ކޮށްފައިވާ ޝަރީޢަތާގުޅޭ އުސޫލުތަކުގެ ދަށުގައި ބަޔާން ކޮށްފައިވާ މާއްދާއެއް ކަމަށްވާތީ، 48 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުއްޖެއްގެ ހެކި ބަހަކީ ޝަރީޢަތަކާއި ގުޅިގެން ކުޑަކުއްޖެއްގެ ޝަފަހީ ހެކިބަސް ނެގުމާއި ގުޅޭ އިޖުރާއަތެއްކަން އެނގެން އޮންނަކަމާއި، އެހެންކަމުން މި ޤާނޫނުގެ ބޭނުމަށް ކުޑަކުއްޖެއްގެ ބަޔާން ނެގުމުގައި 48 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާޢަތާ އެހެން އިދާރާއަކުން ތަބާވެފައި ނުވުމަކީ އޭގެ ޒާތުގައި ކުއްޖާގެ ބަޔާން އިޖުރާއަތާއި ޚިލާފުވެގެން ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ބަޔާނެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން ނެތް ކަމާއި، ނަމަވެސް ކުޑަކުދިންގެ ބަޔާންނެގުމުގައި އަނިޔާލިބުނު ކުއްޖާ ޙިމާޔަތް ކުރުމުގެ ގޮތުން 48 ވަނަ މާއްދާގައި ބަޔާންކުރާ  އިޖުރާއަތަށް އެހެން އިދާރާތަކުން ތަބަވުމަކީ ރަނގަޅުގޮތްކަމަށް ޤަބޫލުކުރެވޭކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ