ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މައިސާން އިބްރާހީމް ފުޅު

ޤަޟިއްޔާ ނަންބަރު:
2019/HC-A/361
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
03/03/20

ކަނޑައެޅުނު އުސޫލު

  1. 3.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާގެ (ހ) ގައިވާ "...ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް މަދަނީ މިން ގަނޑުން ބަލާއިރު..." މި ޢިބާރާތުގެ މާނައަކީ ދައުލަތުން މުއްތަހަމުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ މައުޟޫޢީގޮތުން ބެލިދާނެ ވަރުގެ މައްސަލައެއް (Case Facie Prima ) އޮތްތޯ މަދަނީ މިންގަނޑު ން (Probabilities of Balance ) ވަޒަންކުރަންޖެހޭ ވާހަކަކަމާއި، މައުޟޫޢީގޮތުން ބެލިދާނެ ވަރުގެ މައްސަލައެއް އޮތްކަމަށް މަދަނީ މިންގަނޑަށް ހެކިހުށަހެޅުމަކީ ދައުލަތުގެ ޒިންމާއެއްކަމާއި، ދައުލަތު ން އެމިންވަރަށް ހެކިހުށަހަޅާފައިވާނަމަ ދަޢުވާ މައުޞޫ ޢީގޮތުން ބަލަންޖެހޭނެކަމާއި، ދަޢުވާ މައުޟޫޢީގޮތުން ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ މައްސަލަ މައުޟޫއީގޮތުން ބަލައި ހެކިވަޒަންކުރެވިގެން ކަމާއި، އިބްތިދާއީ އަޑުއެހުމުގައި މައުޟޫޢީގޮތުން ބެލިދާނެ ވަރުގެ މައްސަލައެއް (Case Facie Prima) އޮތްތޯ މަދަނީ މިންގަނޑުން (Probabilities of Balance) ވަޒަންކުރާއިރު، އެ މިންވަރަށް ހެއްކާއި ޤަރީނާ ނެތްނަމަ ދަޢުވާއާއިގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންޖެހޭނެކަމާއި، ހެއްކާއި ޤަރީނާ ހުރެއްޖެ ނަމަ، މައުޟޫޢީ ގޮތުން މައްސަލަ ނުބަލައި އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ސާބިތު ނުވާކަމަށް ކަނޑައެޅުމަކީ ރަނގަޅުގޮތް ނޫންކަން އެނގެން އޮންނަކަމެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ