ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް މޫސާ

ޤަޟިއްޔާ ނަންބަރު:
2019/HC-N-A/11
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
27/06/19

ކަނޑައެޅުނު އުސޫލު

  1. (ހ)47 ވަނަ މާއްދާގެ ހ އިން ދ އަށް އެހެކިތައް ބަޔާން ކޮށްދީފައިވާ ކަން އެނގެން އޮންނަކަމާއި، މިމާއްދާއަށް ބެލުމުން، އެހެން ޤާނޫނެއްގެ ދަށުން ނުވަތަ ޖިނާއީ ކުށް ސާބިތު ކުރުމަށް ހެކި ބޭނުންވާނެ މިންވަރާއި މިޤާނޫނުގެ ދަށުން ކުށް ސާބިތު ކުރުމަށް ހެކި ބޭނުންވާ މިންވަރު ތަފާތު ކޮށްދޭ މިންގަނޑެއް ބަޔާން ކޮށްފައިވާކަން އެ ނގެން އޮންނަކަމާއި،

    ފުރަތަމަ މިންގަނޑަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މިންވަރަށް ހެކި ހުރެގެން އެހެކީގެ މައްޗަށް ބިނާކޮށް މިޤާނޫނުގެ ދަށުން ދަޢުވާ ކުރެވޭ ކުށް ސާބިތު ކުރުންކަމާއި، މިޤާނޫނުގެ ބޭނުމަށްޓަކައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ މިންވަރަށް ކުށް ސާބިތު ވެއްޖެކަމަށް ކަނޑައަޅަނީ، މިޚާއްޞަ ޤާނޫނުގެ ދަށުން ހުއްދަ ކޮށްފައިވާ ލުއި މިންގަނޑު ގެ ދަށުން ކަމާއި،

    ދެވަނަ މިންގަނޑަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާއެއް ސާބިތުވާ މިންވަރަށް މިޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާން ކުރާ ހެކި ލިބެން ނެތްނަމަވެސް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ އެންމެހައި ހެކިތައް ވަޒަން ކުރުންކަމާއި، މިޙާލަތުގައި ހެކި ވަޒަން ކުރެވެނީ މިޤާނޫނުގެ ބޭނުމަށްޓަކައި ނޫންކަމަށްވާތީ، އެޤާނޫނުން ހެކީގެ މިންގަނޑު ލުއިކުރުމަށް ހުއްދަކޮށްފައިވާ ހުއްދަ ކުރުމުގެ ބޭނުން ނު ކުރެވޭނެ ކަމާއި، މިހާލާތުގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑަށް ކުށް ސާބިތު ކުރެވޭނީ، އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަ ށް ބަޔާންކުރާ މިންގަނޑެއް އޮތްނަމަ އެމިންގަނޑުން ނުވަތަ ޖިނާއީ ކުށް ސާބިތު ކުރުމަށް ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތުން ކަމާއި، މިގޮތުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ޖިނާއީ ކުށް ސާބިތު ކުރުމަށް ބަޔާންކުރާ މިންގަނޑު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށް ލުއިކޮށްފައިވާ ފަދައިން ލުއިވެގެން ނުދާނެކަން އެނގެނއޮންނަކަމާއި މިޙާލަތުގައި ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކި ވަޒަން ކުރަންޖެހޭނީ ޢާންމު ޖިނާއީ ކުށް ސާބިތު ކުރުމުގައި ހެކި ވަޒަން ކުރަންޖެހޭ ހަމަތަކާއި އުޞޫލުތަކުގެ ދަށުންކަން އެނގޭކަމެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ