ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)

ޤަޟިއްޔާ ނަންބަރު:
2022/HC-A/257
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން
ނިމުނު ތާރީޚު:
14/06/23

ފަނޑިޔާރުން

ދީބާނާޒް ފަހުމީ، ފާތިމަތު ފަރުހީޒާ، ޙުސައިން ޝަހީދު

މައްސަލައިގެ ޚުލާސާ

އިސްތިއުނާފް ރައްދުވާފަރާތުގެ މައްޗަށް އުފުލުނު ދަޢުވާއަކީ 2015 ވަނަ އަހަރު ތަފާތު އެކިދުވަސްމަތިން މީނާއަށް ބޮޑުބޭބެ ކިޔާ 15 އަހަރުގެ އަންހެންކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި 24 ވަނަ މާއްދާއާ ޙަވާލާދީ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ. މި ދައުވާ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ކޯޓުން ސާބިތުނުވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެވިފައިވެއެވެ.

އިޝޫ

1- ޤާނޫނު ނަންބަރު: 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޙާއްސަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރާނެގޮތް

2- ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު އެޕްލައިކުރުން

ނިންމިގޮތް

ދަށު ކޯޓުގެ ނިންމުން ބާތިލްކޮށް އަލުން ހެކި ވަޒަންކޮށް މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން.

ކަނޑައެޅުނު އުސޫލު

ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްވޭތޯ ބައްލަވާނެގޮތް

- ކުއްޖާގެ ބަޔާން ތަފާތި 3 މަހައްލެއްގައި ރިކޯޑު ކުރެވިފައިވާ ލިޔުމަށާއި ކުއްޖާގެ އިންޓަރވިއު އޯޑިއޯ/ވީޑިއޯ ރެކޯޑިންގް އަށް ބެލުމުން ކުއްޖާ ހާދިސާ ކިޔާދީފައިވަނީ ތެދުބަހުން ވާހަކައެއް ކިޔައިދޭ ފަދަ ތަފްސީލްތަކާއެކުކަން ބެލުން.

- ކުއްޖާ ވާހަކަތައް ހިއްސާކުރި ފަރާތްތަކުގެ ބަހުންނާއި މައިންބަފައިގެން ބަހާއި އަމަލުން އެފަރާތްތަކާއި މި މަޢުލޫމާތު ހިއްސާވެފައިވާކަން އެނގެން އޮންނާތީ އާއި އޯޑިއޯ/ވީޑިއޯ ބަޔާން ނެގި ފުލުހަށާއި ޝޯޝަލް ވޯކަރަށް ކުއްޖާ އެ ވާހަކަތައް ކިޔާދީފައިވާތީ އާއި ޑޮކްޓަރަށް ކިޔާދިން ދިނުމަށާއި ކުއްޖާ ކިޔާދިން ގޮތަށް މެޑިކޯ ލީގަލް ރިޕޯޓުން ޖިންސީ އަނިޔާ ލިބިފައިވާކަން އެނގޭތީ އާއި ސައިކޮލޮޖިސްޓަށް ކިޔަދީފައިވުމުންނާއި އެފަރާތްތަކުގެ އޮބްޒަވޭޝަންސް އާއި ނިންމުންތަކުން ޖިންސީ އަނިޔާގެ ސަބަބުން ނަފްސާނީ ގެއްލުން ލިބިފައިވާކަން އެނގެން އޮންނާތީ މި ބަޔާންކުރެވުނު އެންމެހާ ހެކިތަކަކީ ކުއްޖާ ކިޔާދިން ވާހަކަތައް ބޭރުފުށުން އެއްގޮތްކަން ކޮރޯބޮރޭޓްކޮށް ވަޒަންކުރެވޭނެ ހެކިތައްކަން.

ކުއްޖާ ހަދަހަދައިގެން ދައްކާ ވާހަކައެއްތޯ ބައްލަވާނެގޮތް

- ކުއްޖާ ޝަކުވާކުރީ ދޮގުހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައިކަމަށް ތުހުމަތުކުރެވޭ ފަރާތުން ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭ ކަމަށާއި އެކަށީގެންވާ ހެކި ހުށަހަޅައިގެން މުއްތަހަމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި ގުޅިގެން ޝަކުވާކުރި ކުއްޖާ ވާހަކަ ދެއްކީ، ހަދައިގެން ނުވަތަ އުފައްދައިގެން ކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށްކަމަށާއި އެނޫން ޙާލަތްތަކުގައި ޝަކުވާކުރި ކުއްޖާގެ ވާހަކަތަކަކީ ނުނިޔަތެއް އޮވެގެން ޙަޤީޤަތާއި ޚިލާފަށް ދެއްކި ވަހާކަތަކެއްކަމަށް ނުބެލެވޭނެކަމަށާއި ކުއްޖާ ވާހަކަދެއްކީ ދޮގު ހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައި ނޫންކަން ސާބިތުކުރުމުގެ ބުރަ ދައުލަތަށް ފުރޮޅޭނީ މުއްތަހަމްގެ ފަރާތުން ކުއްޖާގެ ނިޔަތް ސާބިތުކުތުމަށް ހެކި ހުށަހަޅާފައިވާނަމަކަމަށް ސުޕްރީމް ކޯޓުގެ ދިވެހިދައުލަތް (އެޓަރނީ ޖެނެރަލް) ވ ޢަލީ ޝާޙް ޤަޟިއްޔާއާ ހަވާލާދީ ބަޔާންކޮށްފައިވެއެވެ.  

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ