މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2018/HC-A/239
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 14/07/19
ކަނޑައެޅުނު އުސޫލު
3.2 ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، "އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން" އެއީ މިބާވަތުގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ހެއްކެއްކަމުގައިވާކަމާއި، ނަމަވެސް އެ ހެކި ޝަރީޢަތުން ބަލައިގަނެ، ކުށް ސާބިތުކުރުމަށް އެ ހެއްކަށް ބުރަދަން ދެވޭނީ، އެ ހެއްކަކީ އެ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅައި، އެ ހެއްކާބެހޭގޮތުން ވާހަކަ ދައްކައި ހެއްކަށް ޠަޢުނުކުރުމުގެ ފުރުސަތު މުއްދަތަހަމަށްވެސް ލިބިފައިވާނަމަ.
މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، ކުއްޖާއާމެދު ޖިންސީ ހާނިއްކަކޮށް ބެހިފައިވާކަން އެރިޕޯޓުން އެނގެން އޮތްކަމާއި، މިއީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހެއްކެއްކަމާއި، ކުއްޖާއާމެދު ޖިންސީ ހާނިއްކަކޮށް ބެހިފައިވާކަން ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމުން، މިއީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ވ)ގައި ބަޔާންކޮށްފައިވާފަދަ ހެއްކެއްކަން