ޙަސަން އަމީން ވ. ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/HC-S-A/25
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 23/12/21
ކަނޑައެޅުނު އުސޫލު
17. އިޢުތިރާފަކީ މުއްތަހަމު އޭނާއަށް ތުހުމަތު ކުރެވިފައި ވާ ކުށުގައި ޝާމިލްވާ ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިޤްރާރެއް ކަމާއި، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތަކީ އިޢުތިރާފު ކަމާއި، މުއްތަހަމު ޝަރީޢަތުން ބޭރުގައި ތަޙުޤީޤުގެ މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރީމަތީގައި ނުވަތަ އެނޫންވެސް ފަރާތެއްގެ ކުރިމަތީގައިވާ އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ދެގޮތަކަށް ހުށަހެޅިދާނެ ކަމާއި؛ އެއީ 1 .މުއްތަހަމު އިޢުތިރާފު ވީ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި؛ 2 .މުއްތަހަމުގެ އިޢުތިރާފު ބަޔާންކޮށް މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައެވެ. މިއިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުވާނީ، ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލު ތަކެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފަކާމެދު އިޤްތިނާޢު ވެވިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 23/A-SC/2011 ( ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދު الله އާ އިތުރު 5 މީހުން) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
18. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ ހިނދު، ނުވަތަ ބަންދުކުރެވޭ ހިނދު، އެމީހަކު ހައްޔަރުކުރެވުނު ސަބަބާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމު ގެ ޙައްޤު ލިބިގެންވާ ކަމާއި، އަދި ޤާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ދެމެހެއްޓުމުގެ ފުރުޞަތު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެއެވެ. އަދި ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަން އެމީހަކަށް އަންގައި، އެޙައްޤު ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް ދޭންވާނެކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ ގެ (ހ) އާއި،(ށ) އާއި (ނ) އަށް ބެލުމުން އެނގެއެވެ. ކުށެއްގެ ތުހުމަތުގައިވާ މީހަކާ ތަޙްޤީޤުގައި ސުވާލުކުރަންވާނީ އެމީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިސްވެ ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިގެންވާކަން އެމީހަކަށް އަންގައި އެޙައްޤުތައް ހޯދައި ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްފަހުގައެވެ. އެޙައްޤުތައް ކަށަވަރުކޮށްދިނުމެއް ނެތި ހޯދާ ހެއްކަކީ ޤާނޫނުގައި ހެކި ހޯދުމަށް ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ހޯދާފައިވާ ހެކި ކަމުގައެއް ނުބެލެވޭނެއެވެ.
19އެފަދަ އިޢުތިރާފަށް (ސީންއަށް ދިޔަ ފުލުހުން ކައިރީވީ އިޢުތިރާފް) ޝަރީޢަތުން ބުރަދަން ދެވޭނީ ހަރުދަނާ ޤަރީނާއެއްގެ ދަރަޖައިގައެވެ. އަދި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ އެއިޢުތިރާފު ކަށަވަރުކޮށްދޭ އިތުރު ހެކިނުވަތަ ހެކިތަކެއް ހުރިނަމަކަން އިސްވެ ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އުޞޫލަށް ބެލުމުން އެނގެއެވެ.
20. ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ހިންގުމުގެ މައްސަލަތަކުގައި އަނިޔާލިބުނު ކުއްޖާ ބެލުމަށް ފަހު ޑޮކްޓަރ ތައްޔާރުކުރާ މެޑިކޯ ލީގަލް ރިޕޯޓާގުޅޭ ގޮތުން ސުވާލުކުރުމަށް އެރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޒިރުނުކުރި ކަމުގައިވީނަމަވެސް އެރިޕޯޓް ޝަރީޢަތުން ބަލައިގަތުމަށް ހުރަހެއްނެތްކަން އެނގެއެވެ. މިކަމަށް އަލިއަޅުވާލައި،ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 129/A-HC/2012 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވަނީ، އެ މައްސަލައިގައި ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓަކީ މިފަދަ ރިޕޯޓް ތައްޔާރުކޮށް ދޫކުރުމުގެ ހުއްދަ އޮތް ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވެފައި، އަދި ރިޕޯޓް ތައްޔާރުކުރިފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިވަޑައި 2 ނުގަންނަވާ ކަމަށް ވަނީނަމަ އެ ފަރާތެއް ޝަރީޢަތަށް ހާޟިރުކުރަން ނުޖެހޭނެ ކަމަށެވެ.
23. މިބާވަތުގެ މައްސަލަތަކުގައި ޢާން މު އުޞޫލެއްގެ ގޮތުން ކުޑަކުއްޖާގެ ހެކިބަސް ޝަރީޢަތު ން ނުނަގާކަމާއި، ކުއްޖާގެ ހެކިބަސް ކަމަށް ބަލަނީ އެކުއްޖާ ތަޙްޤީޤުގައި ދޭ ބަޔާނާއި، ތަޙްޤީޤުގައި ސުވާލު ކުރެވޭއިރު، ނަގާ ވީޑިއޯ ރިކޯޑިންގކަމާއި، ހާދިސާ ހިނގިތާ ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާ ކިޔައިދޭދިނުމަކީ، ޙަޤީޤަތާ އެއްގޮތަށް ކިޔައިދޭ ކިޔައިދިނުމެއް ކަމުގައި ބެލެވޭނެކަމާއި، ހާދިސާ ހިނގާތާ ގިނަދުވަސް ތަކެއް ފާއިތުވާ ފަހުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެހެން ގޮތަކަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނެ ކަމާއި، މި މައްސަލައިގައި ކުޑަކުއްޖާގެ ބަސް ތަޙްޤީޤު މަރުޙަލާގައި ނަގާފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ބަޔާން ނެގުމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާ ޚިލާފަށް ކަމަކަށް ނުބެލެވެއެވެ. ކުޑަކުއްޖާ ތަޙްޤީޤުކުރި ފަރާތަށް ކިޔައިދޭ ދިނުމަކީ މިބާވަތުގެ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމުގައި ބޭނުން ކުރެވިދާނެ ހެއްކެއްކަމާއި، މި މައްސަލައިގައި ހާދިސާ ހިނގިތާ 6 އަހަރަށްވުރެ ގިނަދުވަސްވީ ފަހުން ކުޑަކުއްޖާގެ ހެކިބަސް އަލުން ނެގުމަކީ، ކުރިން ކިޔައިދިންދިނުމާ، ތަޢާރަޒްވާ ގޮތަށް ހެކިބަސްދީ މައްސަލައިގެ ތެދު ޙަޤީޤަތްތަކާ މެދު ސުވާލު އުފައްދައި ޢަދުލުއިންޞާފު ޤާއިމްކުރުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެނެއެވެ. އެހެންކަމުން، މި މައްސަލައިގައި ކުޑަކުއްޖާގެ ހެކިބަސް އަލުން ނެގުމުގެ ބޭނުންމެއް އޮތް ކަމަކަށް ނުފެނެއެވެ.