ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ރަޝީދު

ޤަޟިއްޔާ ނަންބަރު:
2020/HC-A/117
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
28/10/21

ކަނޑައެޅުނު އުސޫލު

  1. 21. މިފަދަ މައްސަލަތައް ސާބިތުކުރުމުގައި 5 ބާވަތުގެ ހެކި ލިބިފައި ނެތް ނަމަވެސް، ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، އެ ހެކިތަކަކީ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ވާފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަ ތަށް ސާބިތުކުރުމަށް ފުދޭ ހެކިތަކެއްކަމަށްވާނަމަ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ނިންމިދާނެކަމާއި، އެއީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާ ހުރަސްއަޅާ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14 ޤަޟިއްޔާއާއި ނަންބަރު 2012/HC-A/129 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވެއެވެ. މި ދެ ޤަޟިއްޔާގައި މިފަދައިން ކަނޑައަޅާފައިވާއިރު، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/150 ޤަޟިއްޔާއަށް ބަލާއިރު، މި ބާވަތުގެ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައެޅުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކިތަކުގެ އިތުރަށް މައްސަލަ ސާބިތުކުރުމަށް ހުށަހެޅޭ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރެވިދާނެކަމަށް ކަނޑައަޅާފައިވާއިރު، މި ޤަޟިއްޔާތަކުގައި ކަނޑައެޅިފައި މިވާ އުޞޫލުތަކަށް ޢަމަލުނުކުރެވޭނެކަމަށް މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުންވިޔަސް ކަނޑައަޅާފައި ނުވެއެވެ.

    24. އަދި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށް ބިނާވެފައިވާ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެކަމަށް ތަހުޒީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައިވާ ކަމަށްވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި ފާހަގަކޮށްފައިވުމުގެ އިތުރުން، މިފަދަ މައްސަލައެއްގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާ އި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ ކަމަށާއި، އަދި މިކަންކަން ކުރުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަ މަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެ ކަމަށްވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

    25. އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަ މަލުކުރުމުގެ ގާނޫނުގެ47ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބާވަތުގެ 05 ހެކި ހަމަނުވިކަމުގައިވިޔަސް، ލިބިފައިވާ ހެކިތަކަކީޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ވާފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެޝައްކެއްނެތި ޝަރީ ޢަތަށް ސާބިތުކުރުމަށް ފުދޭ ހެކިތަކެއްކަމުގައިވާނަމަ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށްކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞައުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކިތައްނޫން އެހެނިހެންހެކިތަކާއި ޤަރީނާތަކުގެ މައްޗަށްވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ މައްސަލަތައްސާބިތުކުރުމުގައި ރިޢާޔަތްކުރެވިދާނެކަން އެނގެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ