ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ / ގދ.ތިނަދާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2012/HC-A/14
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
12/09/12

ކަނޑައެޅުނު އުސޫލު

  1. (ނ) ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ޝަރީޢަތުން ބެލުމުގައި، އެފަދަ މައްސަލަތަކުގައި ބަލައިގަންނަ ހެކީގެ ގޮތުގައި ހަމައެކަނި ބަލައިގަންނަން ޖެހޭނީ އެޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް އެކަނި ނޫންކަމަށާއި، އެޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިތަކުގެ އިތުރަށް، މައްސަލަ ސާބިތުކުރުމަށްޓަކައި ހުށައެޅޭ ޝަރީއަތުން ބަލައިގަންނަ އިތުރު ބާވަތްތަކުގެ ހެކިވެސް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ޝަރީއަތުން ރިޢާޔަތްކުރަން ޖެހޭނެކަން އެނގޭކަމާއި، މިހެންކަމުން ކުޑަކުއްޖަކާއިމެދު ޖިންސީގޯނާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ހެކީގެ ތެރެއިން މަދުވެގެން 5 ބާވަތުގެ ހެކި ލިބިފައިނެތްނަމަވެސް، އެފަދަ މައްސަލައެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަންކުރުމުގައި މައްސަލައާއި ގުޅިގެން ހުށައެޅޭ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި ވަޒަންކޮށް މައްސަލަ ނިންމުމުގައި އެހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަން

    (ބ) 12/2009 ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކީގެ ނިސްބަތް ވަކިއަކުރުތަކަކަށް ބަހާލުމުގެ މަޤްސަދަކީ އެއިން ކޮންމެ އަކުރަކީ ވަކިވަކި ކަންކަމުގެ ގޮތުގައި ކަނޑައެޅުންކަމާއި، މިގޮތުން މިމާއްދާގެ (ޅ) (ކ) (އ) (ދ) މިއަކުރުތަކުގައިވާ ޢިބާރާތަށް ބެލުމުން މިހުރިހާ އަކުރުތަކެއްގައި މިވަނީ އެއްކަންތައްތަކެއްގެ ގޮތުގައި މާނަނުކުރެވޭ

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ