ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަޖްނާޒު
- ޤަޟިއްޔާ ނަންބަރު:
- 2019/HC-S-A/13
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 01/10/20
ކަނޑައެޅުނު އުސޫލު
3.2.1 ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ޢަމަލުތަކަކީ އެފަދަ ޢަމަލެއްގެ ޝިކާރައަކަށްވާ ކުޑަކުއްޖާއަށް ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާޢީ އެތައް ދަތިތަކަކާއި ހުރަސްތަކަކާ ކުރިމަތިލާންޖެހިދާނެ، ނުރަނގަޅު އަދި މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތަކެއްކަމަށް ވުމުން، މިފަދަ ޖިންސީ ޢަމަލުތަކާއި އަނިޔާތަކުން ކުޑަކުދިން ރައްކާތެރިކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެ ކުދިންނާމެދު ޖިންސީ ޢަމަލުތައް ހިންގާމީހުންގެ ކިބައިން އެ ކުދިން ރައްކާތެރިކޮށް، އެފަދަ ޢަމަލުތައް ހިންގާ މީހުންނާމެދު ތަޙުޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގެ އިތުރުން ޝަރީއަތް ނިމުމަށްފަހުވެސް ޢަމަލުކުރެވޭނެ ޚާއްޞަ އުޞޫލުތަކެއް އޮތުން މުހިންމުކަމާއި،
3.5 ޤާނޫނު ނަންބަރު 12/2009 ( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގެ 3 ވަނަ މާއްދާގައި މިޤާނޫނުގެ މަޤްޞަދުތައްބަޔާންކޮށްފައިވާއިރު، ކުޑަކުދިންނަށް ނުރައްކަލެއް ކަމަށް ވެދާނެ މީހުންގެ ކިބައިން އެކުދިން ރައްކަތެރިކޮށް، އެރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ދައުލަތުން އެފަދަ ފަރާތްތައް ކޮންޓްރޯލުކޮށްބަލަހައްޓަންޖެހޭކަން އެނގެއެވެ. ކުޑަކުދިންނަށް ނުރައްކަލަކަށް ވެދާނެ މިފަދަ ފަރާތްތަކުގެ ނުރައްކަލުން ކުޑަކުދިންސަލާމަތްކުރުމަށް ކުރެވެންޖެހޭ މައްސައްކަތްތަކުގެ ތެރެއިން އެއްމެ މުހިއްމު އެއްކަމަކީ، މިފަދަ ފަރާތްތަކަށްދޭންޖެހޭ ރިހެބިލިޓޭޝަން ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތެވެ.