ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އާދަމް

ޤަޟިއްޔާ ނަންބަރު:
2026/HC-B12/04
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
16/02/26

ފަނޑިޔާރުން

އިބްރާހިމް މާހިރު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

މުޙައްމަދު އާދަމް ހދ. ކުޅުދުއްފުށީގައި މަސްތުވާތަކެތި ބޭނުންކިށް، ގެންގުޅެ، އެ ތަކެތީގެ ވިޔާފަރީ ކުރާކަމަށް ތުހުމަތު ކުރެވިގެން މުޖުތަމަޢުގެ ސަލާމަތަށް ޓަކައި ކޯޓު އަމުރެއްގެ ދަށުން 13 ނޮވެންބަރު 2025 ދުވަހު ބަންދުކުރެވިފައިވެއެވެ. ޤާނޫނުއަސާސީގެ 49 ވަނަ މައްދާއާއި، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ބ)ގެ ދަށުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތި ވެދާނެތީއާއި، ހެކިންނަށް ނުފޫޒުފޯރުވަފާނެތީ މީނާ ބަންދު ކުރެވިފައިވެއެވެ. އޭގެފަހުން މައްސަލަ ކޯޓަށް ހުށަހެޅުމާއި ހިސާބަށްވެސް އެ ސަބަބުތައް އެގޮތުގައި ހުރުމުން ބަންދުކުރަމުން ގޮސްފައިވެއެވެ. ދަޢުވާ ކޯޓަށް ހުށަހެޅުނުފަހުން، މި މައްސަލައިގައި ހެކިބަސްދޭން ތިބީ ފުލުހުންކަމަށްވާތީ، ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތައްޓަކައެވެ.

މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް، ނުވަތަ އޭނާއާއި ތުހުމަތު ކުރެވޭ ކުށާ ގުޅުމާލެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވުމާއި، މީނާ ކުށްކުރުމުގެ ފުރުޞަތު އޮތުމުން މީނާގެ ސަބަބުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ، ޤާނޫނުއަސާސީގެ 49 ވަނަ މައްދާއާއި، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއަށް ރިޢަޔަށްކޮށް އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ދަށުން މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދެއްވުމަށް، 20 ޖަނަވަރީ 2026 ދުވަހު ހުށަހެޅުމުން، 21 ޖަނަވަރީ 2026 ދުވަހު މީނާ ބަންދުން ދޫކޮށްލާފައިވެއެވެ. އެގޮތަށް ގޮތް ކަނޑައަޅުއްވާފައިވަނީ މައްސަލަ ބައްލަވާ މެޖިސްޓްރޭޓްއެވެ.

އިޝޫ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ:ު B12C/MA/2026/18 (21 ޖަނަވަރީ 2026) ކޯޓު އަމުރަކ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއ،ި 143 ވަނަ މާއްދާގެ (ރ) އާއ،ި ޤާނޫނު ނަންބަރ:ު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އާއ،ި އެ މާއްދާގެ (ށ) އާއ،ި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއ،ި ގަވާއިދު ނަންބަރު: 2021-SC-REG-1 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުމުން، އެއަމުރު ބާތިލްކޮށްދެއްވުމަށް ހުށަހެޅުމުން، އެ އަމުރު ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅުން.

ނިންމިގޮތް

ދަށު ކޯޓުގެ ޙުކުމަށް ތާއީދުކުރެއްވި.

ކަނޑައެޅުނު އުސޫލު

މި މައްސަލައިގައި ދަޢުލަތުންނާއި ދިފާއުން ދައްކާފައިވާ ވަހަކަތައް ބަލައި ޝަރީޢަތުން ޖަވާބު ދޭންޖެހެނީ އިސްތިޢުނާފުކޮށްފައިވާ ކޯޓް އަމުރު ނެރުމުގައި ދަށު ކޯޓުންގެ ފަނޑިޔާރު ޤަނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވޭތޯ؟ އާއި، އެ އަމުރަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްތޯ؟އެވެ.

ފުރަތަމަ ސުވާލުގައިވާ ގޮތަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް ފަނޑިޔާރު ރިޢަޔަށް ކުރަންވާނޭ ކަމާއި، އިސްތިއުނާފު ކުރައްވާފައިވާ އަމުރުގައި ނިންމުގައި ރިޢާޔަތް ކުރައްވާފައިވާ ކަންކަމަކީ އެމާއްދާގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުން ރިޢާޔަތް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ނުބެލެވޭ ކަމަށާއި، އެކަންކަމަށް ރިޢާޔަތް ކުރެއްވުމުގައި ފަނޑިޔާރު ހައްދަވާފައިވާ ގޯހަކީ ކިބައިކަމެއް އިންތިޢުނާފާ ގުޅިގެން ހުށަހެޅި ހުށަހެޅުމުން ފާހަގަ ނުކުރެވޭ ކަމަށާއި، އެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ނިންމުމަސް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައިވާ ކަމަށެވެ.

ދެ ވަނަ ސުވާލުގެ ޖަވާބުގައި ފާހަގަ ކުރައްވާފައިވަނީ ސްޕްރީމް ކޯޓްގެ ޝަހީބް އިބްރާހީމް ވ. ޕީޖީ އޮފީހާއި، ޕީޖީ އޮފީސް ވ. މުޙައްމަދު ބިސާރު އިސްމާޢީލް ޤަޟިއްޔާގުގެ އަލީގައި، އިސްތިއުނާފުކުރެވިފައިވާ އަމުރުރަށް ބަލާއިރު، މި އަމުރަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދު މުރާޖާޢާކޮށް ބަންދާމެދު ގޮތެއް ނިންމާފައިވާ އަމުރެއް ނޫން ކަމާއި، މިހާލަތުގައި މުރާޖާޢާކުރުމާ ގުޅޭގޮތުން ސުޕުރީމް ކޯތުން ކަނޑައަޅާފައިވާ ހާލަތު ބަދަލުވިގޮތް ބަޔާންކުރާގުޅޭ އުސޫލުތައް ހިންގުން ލާޒިމުވާނެ ކަމަކަށް ނުދެކޭ ކަމަށެވެ.

އެހެންކަމުން ދަށުކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވި.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ