ޕްރޮސިކިއުޓަރ ޖެނެރަލް ވ ޙުސައިން ސާމިރު
- ޤަޟިއްޔާ ނަންބަރު:
- 2018/HC-A/365
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 04/03/20
ކަނޑައެޅުނު އުސޫލު
(ނ) މިމައްސަލައިގައި ހެކި ބަސްދީފައިވާ (ކުއްޖާގެ މަންމަ) އަކީ އޭނާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އަދަބު ކަނޑައަޅާފައިވާ މީހެއްކަމަށްވާއިރު، ޒިނޭގެ ކުށަކީ އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމާއި، ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަކީ، ފާސިޤުން ކަމުގައި ސިފަކުރެވިގެން ދާކަމާއި، ފާސިޤުން ގެނެސްދޭ ޚަބަރުގެ ތެދު ދޮގު ސާބިތުކުރުމަކީ ވާޖިބެއް ކަމާއި އަދި އެފަދަ މީހެއްގެ ޚަބަރުގެ ޞައްޙަކަން އެނގިގެން މެނުވީ އެޚަބަރެއް ޤަބޫލުކުރުމަކީ ނަހީވެގެންވާ ކަމެއްކަން "އަލްޙުޖްރާތު ސޫރަތުގ ވަނަ އާޔަތުގެ ތަފްސީރުން އިސްތިޚްލާޞްވާން އޮންނައިރު، ޝަރީޢަތަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގައި ހެކިބަސްދޭ މީހާއަކީ ފާސިޤަކަށްވެގެން ނުވާނެ ކަމާމެދު އިސްލާމީ ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާކަމާ އެހެންކަމުން އެފަދަ ހެކިވެރިއެއްގެ ހެކިބަހަކީ، އެއިން އެކަނި ދަޢުވާ ސާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަން އިސްލާމީ ޤަޟާއީ ނިޒާމުގައި ދަޢުވާ ސާބިތުކުރުމުގެ އުޞޫލުތަކަށް ބެލުމުން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 01/A-SC/2012 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތުމުން މިމައްސަލައިގައި ހެކިބަސްދީފައިވާ (ކުއްޖާގެ މަންމަ) ގެ ބަހަކީ ޝަރީޢަތުގައި ކާފީހެކިބަހެއްގެ ބުރަދަން ދެވޭނެ ބަހެއް ނޫންކަމާއި، ނަމަވެސް، މި މައްސަލައިގައި ހެކިބަސްދީފައިވާ އެހެން ހެކިންގެ ބަހަށް ބާރުލިބޭ ނުވަތަ ގުޅުވާލުމުން އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ޤަބޫލުކުރުމަށް ބާރުލިއްބައިދޭފަދަ ގޮތަށް (ކުއްޖާގެ މަންމަ) ގެ ހެކިބަހުގައި ހުރި ކަންކަން ޝަރީޢަތަށް ބަލައިގަތުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމެއްނޫންކަން އެނގޭކަމާއި، އެހެންކަމުން މިމައްސަލައިގައި ހެކިބަސްދީފައިވާ އެހެންމީހުންގެ ހެކިބަހަށް ބާރުލިބޭ ގޮތަށް (ކުއްޖާގެ މަންމަ)ގެ ބަޔާނުގައިހުރި ވާހަކަތަށް ބުރަދަން ދިނުމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން މަނާކުރާ ނުވަތަ ހުރަސްއަޅާފަދަ ކަމެއް އޮތްކަމަށް ޝަރީޢަތުން ޤަބޫލު ނުކުރެވޭކަމާއި އަދި މި މައްސަލައިގައި އިސްވެ ބަޔާންކުރެވި ދިޔަ ގޮތުގެމަތިން (ކުއްޖާގެ މަންމަ) ގެ ބަހުން ލިބެންހުރި ވަޤާއިއުތައް މިމައްސަލައިގައި ލިބިފައިހުރި އެހެންހެކިތަކާ ކޮރަބަރޭޓްކޮށް އެކަންކަމަށް ޝަރީޢަތުން ރިއާޔަތްކުރުމަކީ، އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާއިން މަނާކުރާ ކަމެއް ނޫންކަން