ޙަސަން ޢަބްދުލްޣަފޫރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2017/HC-A/25
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
22/07/19

ކަނޑައެޅުނު އުސޫލު

  1. 3 (ހ) ކުޑަކުދިންގެ ބަހުރުވައިގައި، "އޮރިޔާންމަންޒަރު" މިގޮތަށް އަކުރުން އަކުރަށް ބޭނުންކޮށްފައި ނެތްނަމަވެސް، އެކުއްޖާ އެސިފަކޮށްދެނީ ކޮންއެއްޗެއްކަން އެނގެން އޮވެފައި، އެ ސިފަކޮށްދެނީ "ޖިންސީ ޢަމަލެއް" ކަން އެކުއްޖާ ސިފަކޮށްދޭ ދިނުމުގައި ސާފުކޮށް އެނގެން އޮތްނަމަ ، ޤާނޫނުގެ ބޭނުމަށް އެކުއްޖާގެ އެސިފަކޮށްދިނުން ފުދޭކަމާއި،

    (ށ) ދަޢުވާލިބޭ މީހާގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަކީ ކުޑަކުއްޖަކަށް ޖިންސީ ޢަމަލު ހިންގާ މަންޒަރު ދެއްކުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮތްއިރު، އެ ދެއްކި މަންޒަރަކީ ދަޢުވާލިބޭ މީހާ ޑައުންލޯޑް ކުރިއެއްޗެއްތޯ، ދަޢުވާލިބޭ މީހާކުޅުނު މަންޒަރުތަކެއްތޯ މިއީ ކާފީ ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭންޖެހޭ އުންސުރެއް ނޫންކަމާއި، ސާބިތުކޮށްދޭން ޖެހޭ މައިގަނޑު ކަމަކީ، ދަޢޫވާލިބޭ ކުޑަކުއްޖާއަށް "އޮރިޔާން މަންޒަރު" ދެއްކިތޯ ނުވަތަ ނޫންތޯ ކަމާއި،

    (ނ) ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ "ކުޑަކުއްޖަކަށް ޖިންސީ ޢަ މަލު ހިންގާ މަންޒަރު ދެއްކުމު ގެ ކުށުގެ" ދަޢުވާކަމާއި، އެމާއްދާގެ ދަށުން ދަޢުވާ ކުރެވޭ ތަފާތު ކުށްތަކެއް އެމާއްދާއިން އެކަށައަޅާފައިވާކަން އެނގެން އޮންނަކަމާއި އެގޮތުން؛

    1 -ޖިންސީ ޢަމަލެއް ހިންގަމުންގެންދާތަން ބަލަން ކުޑަކުއްޖަކަށް މަޖުބޫރު ކުރުވުން.

    2 -ޖިންސީ ޢަމަލެއް ހިންގަމުންގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން

    3 -ޖިންސީ ޢަމަލެއް ހިންގަމުންގެންދާ ފޮޓޯއެއް ކުޑަކުއްޖަކަށް ދެއްކުން.

    4  -ޖިންސީ ޢަމަލެއް ހިންގަމުންގެންދާ ފި ލްމެއް ކުޑަކުއްޖަކަށް ދެއްކުން.

    5  -ޖިންސީ ޢަމަލެއް ހިންގަމުންގެންދާ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން.

    6  -ޖިންސީ ޢަ މަލެއް ހިންގަމުން ގެންދާ ޢަމަލެއްގެ އަޑު ކުޑަކުއްޖަކަށް އިއްވުން.

    މަތީގައިވާ ކޮންމެ ކުށަކީވެސް މީހަކު ކޮށްފިނަމަ އެމީހަކުގެ މައްޗަށް ދަޢުވާ ކުރެވިދާނެ ވަކި ކުށްތަކެއްކަމާއި،

     (ރ) "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 "ގެ، 57 ވަނަ މާއްދާގައި "ހެކި ހުށަހެޅުމަށް ފުރުޞަތު ދިނުން" މިސުރުޚީގައި ބަޔާން ކޮށްފައިވަނީ، "މައްސަލައެއްގައި ދަޢުވާ ކުރާފަރާތާއި، ދަޢުވާ ލިބޭ ފަރާތަށް، ހެކި ހުށަހެޅުމަށް ޢާންމުގޮތެއްގައި ދެވޭނީ ތިން ފުރުޞަތެވެ. މިގޮތުން 3 ފުރުޞަތު ދީގެން ގެނެ ވުނު ހެކިންގެކިބައިންވެސް ހެކިބަސް ނުލިބިއްޖެ ހިނދެއްގައި އިތުރުހެކިން ތިބި ކަމަށްވާނަމަ، ޤާޟީއަށް ފެންނަގޮތެއްގެމަތިން ހެކިހުށަހެޅުމަށް އިތުރު ފުރުޞަތެއް ދެވިދާނެއެވެ." މިފަދައިން ކަމަށްވާތީ،  ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެކި ލިބިއްޖެނަމަ، އެ ހެއްކެއް ކޯޓަށް ހުށަހެޅުމަކީ އިޖުރާއީ ގޮތުން މުޅިން މަނާ ކަމެއް ނޫންކަމާއި، ޝަރީޢަތް ކުރާ ފަނޑިޔާރުގެ ހުއްދައާއެކު އެފަދަ ހެއްކެއް ހުށަހަޅައި އަނެއް ފަރާތަށް އެހެކި ހާމަކޮށް ބަޔާން ކޮށްދިނުމަކީ ކުރެވިދާނެކަމެއްކަމާއި،

    (ބ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/DM-HC/2014 ޤަޟިއްޔާގައި ޤާނޫނު ނަންބަރު: 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ ދަށުން 05 ހެކި ހަމަކުރުމަށް އެމާއްދާގެ (ޅ) (ކ) އަދި (ދ) އެއީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ބަޔާން ކޮށްފައިވަނީ "ކުޑަކުއްޖާ ދީފައިވާ ބަޔާން" ގެ މައްޗަށް އެކަނި ބުރަވެވޭ ޙާލަތްތަކުގައި ކަން އެނގެން އޮންނަކަމާއި، އެހެން ކަމުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާއި އިންޓަރވިއުކޮށް، އެކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެމާއްދާގެ (ޅ) ގައި ބަޔާން ކުރާ ސައިކޮލޮޖިސްޓަކު ހަދާ ސައިކޮލޮޖިކަލް ޓެސްޓްގެ ނަތީޖާއާ އެކުއްޖާ ކިޔައިދޭ ކިޔައިދިނުމާއި ގުޅުވާލެވޭ ޙާލަތުގައި، 47 ވަނަ މާއްދާގެ (ޅ) އަކީ ވަކި ހެއްކެއްކަމުގައި ބަލައިގަނެ ވޭނެކަމާއި، ހުށަހެޅިފައިވާ ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކީގެ ތެރެއިން 47 ވަނަ މާއްދާގެ (ކ) ގެ ދަށުން އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާ ދިޔަގޮތްކަމަށް އަނިޔާ ލިބުނު ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާނާއި ސައިކޮލޮޖިކަލް ޓެސްޓްގެ ނަތީޖާއާ ގުޅުވާލެވިފައިވާތީ، މި ދެއަކުރުގެ ދަށުން ހުށަހެޅިފައިވަނީ ވަކި ދެހެއްކެއްކަކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ