ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޒައިދު އިސްމާޢީލް

ޤަޟިއްޔާ ނަންބަރު:
2020/HC-S-A/08
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
12/03/20

ކަނޑައެޅުނު އުސޫލު

  1. (ކ) މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް 3 އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅިދާނެއެވެ . އެހެންނަމަވެސް މިގޮތަށް އިތުރު ކޮށްދެވޭ މުއްދަތު 30 ދުވަހަށްވުރެ އިތުރު ވެގެންނުވާނެކަމަ ށާއި، އެ މީހެއްގެ މައްޗަށް އެ 30 ދުވަސް ހަމަވުމުގެ ކުރިން ދަޢުވާ އުފުލަންޖެހެ އެވެ. އަދި މިގޮތަށް ދަޢުވާ އުފުލުމަށް އޮންނަ މުއްދަތު އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދަޢުވާއާއެކު 4 ކޯޓަށް ހުށަހަޅަންވާނެއެވެ.

    (ދ) ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ބޭނުމަށްޓަކައި ދަޢުވާ އުފުލުމަށް ފޮނުވަންޖެހޭ ލިޔުންތައް ކޯޓަށް ފޮނުވަންވި ވަކި ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައިނުވާތީ، އެ ތަކެއްޗަކީ ރެޖިސްޓްރީ ޕޯސްޓް މެދުވެރިކޮށް ފޮނުވިދާނެ ތަކެއްޗެވެ.

    (ތ)ާނޫނު ނަންބަރު: 2011/4( މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގައި އެކިއެކި ލިޔުން ޙަވާލުކުރުން މާނަކޮށްދީފައިވާކަމާއި، މި ގޮތުން އެ ޤާނޫނުގެ 34 ވަނަ މާއްދާ މާއްދާގައި ރެޖިސްޓްރީ ޕޯސްޓަށް ޙަވާލާދީފައިވާ ހުރިހައި ޢިބާރާތެއްގައި ބޭނުންކޮށްފައިވާ ލަފުޒަކީ "ފޮނުވުން" ކަމުގައިވާތީ، ރެޖިސްޓްރީ ޕޯސްޓް މެދުވެރިކޮށް އެއްޗެއް ފޮނުވާޙާލަތުގައި، ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނީ އެ އެއްޗެއް ފޮނުވި ތާރީޚުގެ މައްޗަށްކަމަށް ޝަރީޢަތަށް ބުރަވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ