ޝާފިއު ހާރޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2016/HC-S-A/93
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 30/01/20
ކަނޑައެޅުނު އުސޫލު
3.2 ޖިނާއީ މައްސަލތަކުގައި ދަޢުވާކުރުމާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ ދަޢުވާތަކަށް ނަން ކިޔުމަކީ ދަޢުވާކުރުމުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގޭކަމާއި މިގޮތުން ޖިނާއީ މައްސަލަތަކުގައި ހުށަހެޅޭ ދަޢުވާތަކަށް ނަން ކަނޑައެޅުމުގައި އޭރުގައި (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ ޤާނޫނުގެ ކުރިން) ޢަމަލުކުރެވެމުން ދިޔައީ މައިގަނޑު ދެ ގޮތަކަށް ކަމާއި، އެއީ، ކުށް ކަނޑައަޅާ މާއްދާގެ ސުރުޚީގައި އޮންނަ ނަމުން ދާއުވާއަށް ނަންދިނުމާއި، ކުށް ކަނޑައަލާ މާއްދާގައި ކުށްކަމަށް ބަޔާންކޮށްފައިވާ ވަކިވަކި ޢަމަލުތަކުން ދަޢުވާއަށް ނަން ދިނުނަކަމަށްވާއިރު، މިދެގޮތަކީވެސް އެހާތަނަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ އަދި ކޯޓުތަކުންވެސް ބަލއިގަނެ ޢަމަލުކުރަމުން އައިސްފައިވާ ގޮތެއްކަން އެނގޭކަން.