ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. ނެތް
- ޤަޟިއްޔާ ނަންބަރު:
- 2017/HC-A/257
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 22/09/19
ކަނޑައެޅުނު އުސޫލު
3 (ނ) ޖީނާއީ ދަޢުވާ ތަކުގައި ދަޢުވާކުރުމުގެ އެންމެހާ އުސޫލުތައް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (މ) ގެ ދަށުން ޕރސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަމުގައި ބަޔާވެގެން އޮންނައިރު ޖިނާއީ ދައުވާތަށް ނަންކިއުމަކީ ދަޢުވާކުރުމުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގޭކަމާއި މިގޮތުން ޖިނާއީ ދައުވާތަކުން ނަން ކަނޑައެޅުމުގައި އޭރު އަމަލުކުރެވެމުންދިޔަ އުޞޫލަކީ ކުށް ކަނޑައަޅާ މާއްދާގެ ސުރުޚީގައި އޮންނަ ނަމުން ދަޢުވާއަށް ނަންދިނުމާއި، ކުށްކަނޑައަޅާ މާއްދާގައި ކުށްކަމަށް ބަޔާންކޮށްފައިވާ ވަކިވަކި އަމަލުތަކުން ދައުވާއަށް ނަންދިނުންކަން އެނގޭއިރު މި ދެގޮތަކީވެސް އެހާތަނަށް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އަދި ކޯޓުތަކުންވެސް ބަލައިގަންނަމުން އައިސްފައިވާ ގޮތްތަކެއްކަން އެނގެން އޮންނަކަމާއި، އެ ދެގޮތުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލުމުގައި ރިޢާޔަތްކުރާނީ، ދައުވާކުރެވޭ ކުށް ބަޔާންކޮށްފައިވާ ގާނޫނުގެ އިމާރާތްތަކާއި ރުޅި ހުރިގޮތަށް ބަލައި ދަޢުވާލި ފަރާތަށް ދަޢުވާ ސާފުވުމުގެ މަސްލަޙަތު ބޮޑުގޮތަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނާކަމާއި، މީހެއްގެ މައްޗަށް އުފުލިފައިވާ ދައުވާއެއްގައި އެމީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން އެމީހަކަށް ސާފުވާނެ އަދި ދޭހަވާނޭ ގޮތަށް ބުނެދިނުމަކީ ގާނޫނު އަސާސީންވެސް ލިބިގެންދާ ޙައްޤެއްކަން އެނގޭއިރު، ޖިނާއީ ދަޢުވާތަކަށް ނަންދިނުމުގައި އަމަލުކުރަންޖެހޭ ޤާނޫނެއް ނުވަތަ ޤަވާއިދެއް އެހާތަނަ ވުޖޫދުވެފައި ނެތީސް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ރޫޙާއި އެއްގޮތަށް އަދި ކުރިން އަމަލުކުރަމުންދިޔަ އަދި އެހާތަނަށް ކޯޓުތަކުންވެސް ބަލައިގަންނަމުން ދިޔަ އުސޫލިތަކާއި އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބގެންވާ ބާރުގެ ތަރަޙައިގެ ތެރެއިން، ދައުވާއަށް ނަން ދިނުމަކީ ގާނޫނާ ޚިލާފުކަމެއްކަމުގައި ބެލެވޭނެކަމެއް ނޫންކަން.
(ބ) ައުލަތުން ކޮށްފައިވާ ދަޢުވާގެ ސީޣާގައިވާ އެއްޗެއް ދަޢުވާލިބޭ ފަރާތަށް ސާފުނުވާނަމަ ދަޢުވާގެ ސީޣާ ސާފުކޮށްދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަމާއި، މިމައްސަލަ ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅުމުން މި ދަޢުވާގެ ސީޣާ އޮތްގޮތުން ދަޢުވާ ސާފުނުވާތީ ނުވަތަ ދަޢުވާގެ ނަން ކަނޑައެޅިގޮތާއި ގުޅޭ ގޮތުން މައްސަލައެއް އޮވެގެން ދަޢުވާލިބޭ ފަރާތުން އެއްވެސް ޝަކުވާއެއް ކޯޓުގައި ކޮށްފައިވާކަން އެނގެންނެތްކަމާއި އަދި މި ދަޢުވާއަށް ނަން ކަނޑައެޅުނު ގޮތާއި ގުޅޭގޮތުން ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން ދަޢުވާލިބޭ ފަރާތުން ދެކޭގޮތަކީ ކޮބައިކަންވެސް ބެލިފައި ނުވާކަމެވެ.