ޢަބްދުﷲ މުޢާޒު ޢަބްދުއްރަޙްމާން ވ. ޕްރޮސިކއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2019/HC-A/304
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
04/03/20

ކަނޑައެޅުނު އުސޫލު

  1. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހުންނަ ލިޔުމުގެ ކުށަކީ، މައްސަލަ ނިމިގެން ދިޔަ ގޮތަށް އަސަރު ކުރާނެ ކަމެއް ނޫންކަން އަދި އެކަމަކީ އިސްތިއުނާފީ ކޯޓުން ދަށުކޯޓުގެ ޙުކުމް ބާޠިލު ކުރަންޖެހޭ ސަބަބެއް ނޫންކަން

  2. - ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބިދިނުމަކީ، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ ބައެއް ކަން.

    - އެކަށީގެންވާ ވަގުތު (adequate time) ވަޒަންކުރާނެ މިންގަނޑަކީ ވަކި ފަރާތަކާއެކު ހޭދަވި ވަގުތު ވަކި ވަކިން ބެލުމުގެ ބަދަލުގައި، އެ ދަޢުވާގެ މުޅި ދިފާޢު ބިނާކުރުމަށް ދެވުނު ވަގުތަށް ބަލައި ކުށެއް ކުރިކަމުގެ ދޢުވާ އުފުލިފައިވާ މީހާއަށް އެކަށީގެންވާ ވަގުތު ދެވުނުތޯ ނުވަތަ އެކަމުން އޭނާ މަޙްރޫމް ކުރެވުނުތޯ ބަލައި ގޮތެއް ކަނޑައެޅުންކަން

    - އެކަށީގެންވާ ވަގުތު ކަނޑައެޅުން ބިނާވެގެންވާނީ، އެމައްސަލައިގެ ޚުލާޞާގެ މައްޗަށް ނޫންކަން. މިއާޚިލާފަށް ކޮންމެ މައްސަލައެއްވެސް ވަކިވަކިން، އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށާއި ޒާތަށް ބެލެވިދާނެކަން މިގޮތުން، އެދަޢުވާއަކީ އެތަކެއް ބައިތަކަށް ބެހިފައިވާ، އަދި ގިނަ ލިޔުންތައް ހިމެނޭ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ، ދަޢުވާގެ ޝަރީޢަތް އޮތް ހިސާބަކީ ކޮބާތޯ، އަދި ދަޢުވާ އުފުލިފައިވާ މީހާއަށް އެދަޢުވާގެ ޝަރީޢަތް ހިންގުމުން އަތުވެދާނެ ކަންތައްތަކަކީ ކޮބާތޯ މިފަދަ ކަންކަން ބެލިދާނެ ކަން.

  3. (ނ) މާއްދީ ގޮތުން ދޭ އަނިޔާ ތަކާއި ޚިލާފަށް، ޖިންސީ އަނިޔާއަކީ އެކަން ހިނގި ކަމު ގެ ސާފު ހެކި އެކަމުގެ ފަހަތަށް ދޫކުރާ ކަމެއް ނޫންކަމަށްވާތީ، ކުއްޖާގެ އިންޓައިވިއު ބަޔާނުގެ އިތުރުން، ފޮރެންސިކް ތަޙްލީލު ތަކުގެ މައްޗަށް ބަރޯސާވާންޖެހެއެވެ. އެހެނީ އެކަމަކީ ޢާންމު ގޮތެއްގައި ސިއްރުން ހަމައެކަނި ޖަރީމާ ހިންގާ ފަރާތްތައް އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވީ ފަރާތް ތިބެ ހިންގާ ކަމެކެވެ.

  4. (ރ) ހެކިބަސް ނެގުމުގައި ހެކިންނާ ސުވާލު ކުރުމުގައި ލީޑް ކޮށްދިނުމަކީ ހެކިންނާއި ސުވާލު ކުރުމުގެ ޢާންމު އުޞޫލާއި ޚިލާފުކަމެއް ކަމާއި، ނަމަވެސް ހެކިންނާއި ލީޑިން ސުވާލު ކުރެވޭ ޙާލަތްތައްވެސް ވާކަމާއި، ޝަރީޢަތުގެ މަޖީލުގައި ހެކިންނާ ސުވާލު ކުރެވޭއިރު، ލީޑު ކުރާކަމަށް ޤަބޫލު ކުރާ ފަރާތުން އެކަމަށް އިޢުތިރާޟް ކުރަންޖެހޭނެކަމާއި،

    ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާން ޝަރީޢަތުގެ މަޖިލީހުގައި އިއްވާފައިވަނީ ހެކިންނާއި ދެފަރާތުން ސުވާލުކޮށް ނިންމިފަހުން، އެބަޔާން ތަކަކީ އެމީހުން ދިން ބަޔާން ތަކެއްތޯ ޔަޤީން ކުރުމުގެ ގޮތުންކަން ހެކިންގެ ބަޔާން ތަކަށް ބެލުމުން އެނގެން އޮތުމުން، ހެކިބަސް ލައިދޭ އުޞޫލުން ލީޑިން ސުވާލު ކޮށްފައި ނެތްކަމާއި އަދި ތަޙްޤީޤު ބަޔާންތައް އިއްވާފައިވަނީ ހެކިބަސް ލީޑު ކުރުމުގެ ގޮތުން ނޫންކަން އެނގެން އޮވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ