އަޙްމަދު ވ. ޕްރޮސކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/HC-S-A/28
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
17/03/22

ކަނޑައެޅުނު އުސޫލު

  1. 23. ުއްޖާގެ ބިކުރު ކެނޑިފައިވާކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތްނަމަވެސް، ކުއްޖާ ރައްޓެހިވެގެން އޭރު އުޅުނު ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގަފައިވާކަމަށް ކުއްޖާ ތަޙުޤީޤުގައި ބުނެފައިވުމުން، ބިކުރު ކެޑިފައިވާ ކެނޑުމާއި އަޙުމަދާ ނުގުޅުވޭނެ ކަމަށާއި، މެޑިކޯ ލީގަލް ރިޕޯ ޓު ހެއްކެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެކަމަށް އަޙުމަދުގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި ކުރުމަށް ބަލާއިރު، ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގާފައިވާކަމަށް ބުނެފައިވަނީ އޭރު ކުއްޖާ ރައްޓެހިވެގެން އުޅުނު މީހާއާއެކުގައި އެކަނި ނޫންކަމާއި، އަޙުމަދުވެސް އެފަދަ ގުޅުން ކުއްޖާއާމެދު ހިންގިކަމަށް ކުއްޖާ ބުނެފައިވުމުން، އެ ދެފަރާތަށް ނިސްބަތްކޮށް ކުއްޖާ ދައްކާފައިވާ ވާހަކަތަކަށް ބާރުލިބެއެވެ.

    މިފަދަ މައްސަލަތައް ސާބިތުވާކަމަށް ނިންމަނީ މިފަދަ މެޑިކޯ ލީގަލް ރިޕޯޓުގެ މައްޗަށް އެކަނި ބިނާކޮށެއްނޫނެވެ. ނަމަވެސް، ކުއްޖާ ބުނާބުނުމާއި، އެބުނުން ތެދުކަމުގެ މައްޗަށް ލިބޭ، ޤާނޫނީގޮތުން ޤަބޫލުކުރެވޭ، ގުޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށެވެ. މިމައްސަލާގައިވެސް އެ ރިޕޯޓުގެ މައްޗަށް ބަލަންޖެހޭނީ ވަކިން، އެކަހެރިކޮށް ނޫނެވެ. މިމައްސަލާގައި ކުއްޖާ ކިޔައިދިން ކިޔައިދިނުމަށާއި، ޝަރީޢަތަށް ހުށަހެޅުނު ގުޅިފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު، މެޑިކޯ ލީގަލް ރިޕޯޓަކީ ޝަރީޢަތުން އެއްވެސް ބުރަދަނެއް ނުދެވޭނެ އެއްޗެއްކަމުގައި ނުފެނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ