ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2008/SC-A/08
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
04/10/09

ފަނޑިޔާރުން

ޢަބްދުﷲ ސަޢީދު، މުޖްތާޒު ފަހުމީ، ޢަބްދުﷲ ޢަރީފު

މައްސަލައިގެ ޚުލާސާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2006/HC-A/249 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް ރަނގަޅުނޫން ކަމަށް ބުނެ އެ ޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދި މއ.ކަނބާލިފަރު، ޙުސައިން އަޝްރަފް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައިވަނިކޮށް، 07 އޮގަސްޓު 2008 ގައި ޢަމަލުކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބެލި މައްސަލައެކެވެ.

ޙުސައިން އަޝްރަފްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އުފުލުނީ 27 ޖޫން 2005 ދުވަހު އޭނާގެ އަތުން ފެނުނު ފާރުސަލުން 6.6 ގްރާމް ހެރޮއިން ފެނިފައިވާތީއެވެ.

އިޝޫ

1. މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

-  މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއްނެތި، މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން. މަސްތުވާއެއްޗެއް އަތުން ފެނުން އެއީ ކުށް ސާބިތުކުރުމަށް ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން. (މިހާރު އޯވަރޫލް ކުރެވިފައިވާ އުސޫލެއް)

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ