ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަޞީހް

ޤަޟިއްޔާ ނަންބަރު:
2023/HC-B12/27,28
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ކެނަބިސް ޓްރެފިކްކުރުން
ނިމުނު ތާރީޚު:
04/05/23

ފަނޑިޔާރުން

މުޙައްމަދު ފައިޞަލް (ރިޔާސަތު)، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް

މައްސަލައިގެ ޚުލާސާ

ދައުލަތުން މުޙައްމަދު ފަޞީޙްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ކެނެބިސް ޓްރެފިކްކުރުމުގެ ކުރުމުގެ ކުށުގެ ދަޢުވާއާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން މުޙައްމަދު ފަޞީޙަކީ ސިކުނޑީގެ އުނިކަމެއް ހުރި ފަރާތަކަށްވާތީ، ދަޢުވާ ލިބިގަތުމަށާއި، ކުރެވޭ ޙުކުމް ބަލައިގަތުމަށް ނުކުޅެދުންތެރިކަން ހުރި ފަރާތެއްކަމަށް ފާހަގަކޮށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ނަގާފައިވެއެވެ. އަދި މި ހުށަހެޅުމާއި ގުޅިގެން މި ދެދަޢުވާ ފޯމު ކްރިމިނަލް ކޯޓުން ބާޠިލްކޮށްފައިވެއެވެ.

މިއީ، ކްރިމިނަލް ކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އިޝޫ

މި މައްސަލާގައި ޙަވާލާދޭ އެސެސްމަންޓް ރިޕޯޓަކީ ޤާނޫނުލްއުޤޫބާތުގެ 62 ވަނަ މާއްދާގެ (ހ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކުރާ ދިފާއުގެ ބޭނުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 121 ވަނަ މާއްދާއިން ތަޞައްވަރުކުރާ ފަދަ މެޑިކަލް އެގްޒެމިނޭޝަން ރިޕޯޓެއްތޯ ނުވަތަ ނޫންތޯ ބެލުން.

ނިންމިގޮތް

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ "ދަޢުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަށް ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން" ތަކަކީ ބާޠިލް ނިންމުންތަކެއްކަމަށް ކަނޑައަޅައި މުޙައްމަދު ފަޞީޙްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 121 ވަނަ މާއްދާގެ ދަށުންކޮށްފައިވާ އަމުރާ އެއްގޮތަށް މެޑިކަލް އެގްޒެމިނޭޝަން ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށްފަހު ޤާނޫނުލް އުޤޫބާތުގެ 62 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން އަލުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް.

ކަނޑައެޅުނު އުސޫލު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2023/HC-B12/6 ޤަޟިއްޔާގައި ފަނޑިޔާރު ދީބަނާޒް ފަހުމީ މި ނުކުތާއާ ގުޅޭގޮތުން 41 ވަނަ ނުކުތާއިން 52 ވަނަ ނުކުތާއަށްފާހަގަކޮށްފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތައް ފާހަގަކުރެއްވި.

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނިންމުމެއް ނިންމުމުގައި ކަންކަން ކުރަންޖެހޭ ގޮތްތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި އޭގެތެރެއިން ބައެއް އިޖުރާއަތުތަކަކީ އެއާ ޚިލާފުވުމުގެ ސަބަބުން ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނެ ކަންކަން ކަމަށާއި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރުކުރާނެކަމަށާއި، މި މައްސަލައިގެ ހުށަހެޅިފައިވާ ރިޕޯޓަކީ އެ ރިޕޯޓުގެ މައްޗަށް ފަނޑިޔާރުގެ ނިންމުން ބިނާކުރި މައިގަނޑު އަސާސްކަމުގައި ވެފައި އެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްކަމާމެދު ސުވާލު އުފެދޭނަމަ އެ މައްޗަށް ރިއާޔަތްކޮށް ނިންމާ ނިންމުން ސައްޙަވާނެކަމަށް ނުބެލެވޭނެކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ