އަޙްމަދު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2023/HC-A/197
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ކެނަބިސް ޓްރެފިކްކުރުން
ނިމުނު ތާރީޚު:
06/11/25

ފަނޑިޔާރުން

ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، މުޙައްމަދު ނިޔާޒު، ޙަސަން ޝަފީޢު

މައްސަލައިގެ ޚުލާސާ

  1. މި މައްސަލައަކީ އަޙްމަދު ޢަލީ، 26 ސެޕްޓެންބަރު 2019 ދުވަހު ކ.މާލެއިން ހދ.ކުޅުދުއްފުށްޓަށް ފާޅު ބޯޓުގައި ގޮސް، ބޯޓުން ފޭބިއިރު، އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް އޭނާގެ ބޫޓެއްގެ ތެރެއިން ފެނުނު ޝޭމްޕޫ ފުޅިއެއްގެ ތެރެއިން 58.8 ގްރާމް ޑައިމޯފިން ހުރި 12 ބްލެޓް ފެނިފައިވާތީ، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައި، އަދަބު ކަނޑައަޅާފައިވާތީ، އަޙްމަދު ޢަލީގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައެއް.

އިޝޫ

  1. އަޙްމަދު ޢަލީގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް އޭނާގެ ބޫޓެއްގެ ތެރެއިން ފެނުނު ޝޭމްޕޫ ފުޅިއެއްގެ ތެރެއިން 58.8 ގްރާމް ޑައިމޯފިން ހުރި 12 ބްލެޓް އޮތްކަން (knoweldge) ސާބިތުކޮށް ދިނުމަށް އިތުރު ގަރީނާއެއް ނުވަތަ މޯޓިވް ސާބިތުކޮށްދޭންޖެހޭއިރު، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް.

  2. މި މައްސަލައިގައި މަސްތުވާތަކެތި ފެނުނީ ކޮތަޅަކުންކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް.

ނިންމިގޮތް

ދަށުކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވި.

ކަނޑައެޅުނު އުސޫލު

މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއާ ގުޅިގެން ގާނޫނު ގަބޫލުކުރާ ގޮތް" ނުވަތަ legal presumption އަކީ ތައުނު ކުރެވޭ ފަދައިން އޮތް ނުވަތަ rebuttable legal presumption އެއް ކަމަށާއި، މީގެ މާނައަކީ އެ މާއްދާގައި ގާނޫނު ގަބޫލުކުރާ ގޮތް ބަޔާންކުރި ނަމަވެސް، ކުށުގެ ތުހުމަތު އުފުލޭ މީހާއަށް، އެ ކަން އޮތީ އެ ފަދައިން ނޫންކަން ޝަރީއަތަށް ދައްކައިދީ، އެ ކަންކަމުގެ މައްޗަށް އެކަށީގެންވާ ޝައްކު އުފެއްދުމުގެ ޖާގަ ހަމަ އެ މާއްދާއިން ހުޅުވާލާފައިވާއިރު، އަަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއް އޮތްކަން އަޙްމަދު ޢަލީއަށް ނޭނގޭކަމަށް ބުނާނަމަ، ބޮޑަށް ބުރަވެވޭ މިންގަނޑުން އެކަން ސާބިތުކުރުމުގެ ބުރަ އުފުލަން ޖެހޭނީ އަޙްމަދު ޢަލީ ކަމަށްވާއިރު، އެފަދައިން ބަޔާންކޮށްދެވިފައިނުވާކަމަށާއި، ދެ ވަނަ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާވާ ނުކުތާއެއް ނޫންކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ