ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-N-A/12
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 26/06/19
ކަނޑައެޅުނު އުސޫލު
(ހ) މަޢުޟޫޢީ ގާނޫނު ތަކާއި ޚިލާފަށް އިޖުރާއީ ގާނޫނެއްގައި އެޤާނޫނަކީ ރަޖުއީ (retrospective) ކޮށް ހިންގިދާނެ ޤާނޫނެއް ނޫނެއްކަމުގައި ސާފުކޮށް ބަޔާން ކުރާ މާއްދާއެއް ނެތްނަމަވެސް އެގާނޫނުގައި އެކަން ސާފު ބަހުން މަނާކޮށްފައި ނުވާނަމަ، އިޖުރާއީ ގާނޫނުތަކާ އެޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް ހިންގިދާނެ ގާނޫނެއްކަމީ ޖިނާއީ އަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމާއި، ނަމަވެސް އެފަދަ އިޖުރާއަތެއް ފަހަތަށް ހިންގުމުގެ މާނައަކީ ކުރިން އަމަލު ކުރި އިޖުރާއަތެއްގެ ދަށުން އެހާތަނަށް ކޮށްފައިވާ ކަންކަން ބާތިލުކޮށް އައު އިޖރާއަތުގެ ދަށުން އަލުން ބެލުން އެކަން ކުރުން ނޫންކަމާއި، އެހެނީ، ޖނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، އުވިގެން ދިޔައީ، ޢާންމު ޖިނާއީ އިޖުރާއަތްގުޅޭ އެންމެހައި އުސޫލުތައް ކަމާއި، އެއުސޫލުތަކުގެ ދަށުން ކުރިން ކޮށްފައިވާ ކަންކަން ބާޠިލުވެގެން ނުދާކަން ގާނޫނު ނަންބަރު: 12/2016 (ނާއީ އިޖުރާއަތުގެ ގާނޫނު)ގެ 212ނ މާއްދާގެ (ށ) އިން އެގެން އޮންނަ ކަމާއި، ވީމާ ޖިނާއީ އިޖުރާއަތުގެ ގާނޫނު ރަޖުއީކޮށް ހިންގާނަމަ އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި އަމަލު ކުރަންޖެހޭނީ، ކުރިން ޢުމަލު ކުރަމުން އައި އިޖުރާއަތާއި އެއްގޮތަށް ހުށަހެޅިފައިވާ މި ދަޢުވާ ކުރިއަށް ގެންދިޔުމުގައި މިހާރު އަމަލުކުރަމުންދާ އިޖުރާއަތާ އެއްގޮތަށް މި ދަޢުވާ އާ ގުޅިގެން ދެން ކުރަން ޖެހޭ ކަންކަން ކުރުން.