ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސާއިލު

ޤަޟިއްޔާ ނަންބަރު:
2023/HC-B12/57
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
ނިމުނު ތާރީޚު:
13/09/23

ފަނޑިޔާރުން

މުޙައްމަދު ނިޔާޒު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ، އަޙުމަދު ޝަކީލު

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެފަހަރެއްގެ މަތިން ކޯޓަށް ހުށަހެޅުނު މައްސަަލައެއް. އަދި އޭގެ ފަހުން މި މައްސަަލަ ހުށަހެޅުމުން، މައްސަލަ ކުރިއަށް ގެންގޮސް މި މައްސަލައަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 95 ވަނަ މާއްދާ އެޕްލައިވާނެކަމަށް ކަނޑައަޅައި، މި މައްސަލައަކީ ދައުވާކުރުމުގެ މުއްދަތު ހަމަވިފަހުން ކޯޓަށް ހުށަހެޅި މައްސަލައެއްކަމަށްވުމުން މިީ ޤާނޫނީ ގޮތުން މަރުވެފައިވާ ދައުވާއެއްކަމަށް ކަނޑައެޅުއްވި.

ހަމައެއާއެކު މި މަައްސަލައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝިފާޢު ޤަޟިއްޔާ އެޕްލައި ކުރުމަށްފަހު މި މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުގައި ބޭކާރު ލަސްވުންތައް ހިމެނޭކަމަށްވެސް ކަނޑައަޅުއްވާފައިވޭ.

އިޝޫ

ދެ ޚަސްމުންނަށް ވާހަކަދެއްކުމަށް ފުރުޞަތު ނުދީ ޝަރީޢަތުން ގޮތެއް ނިންމުން

ނިންމިގޮތް

މައްސަލަ ބައްލަވާ ފަނޑިޔާރަށް ފާހަަގަވި ކަންކަމުގެ މައްޗަށް ދެ ޚަސްމުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމަށްފަހު ހައިކޯޓުން މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރުމާއެކު އަލުން ގޮތެއް ކަނޑައެޅުމަށް ތިނަދޫ ކޯޓަށް އަނބުރާ ފޮނުވާލުމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމް ކުރެއްވި.

ކަނޑައެޅުނު އުސޫލު

މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައެއްކަމުން، އެޤާނޫނުގެ 95 ވަނަ މާއްދާ މި މައްސަލައަށް އެޕްލައިކޮށްފައިވަނީ ގޯސްކޮށްކަމަށް

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ