ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)

ޤަޟިއްޔާ ނަންބަރު:
2026/HC-B12/10
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބަންދު އަމުރު
ނިމުނު ތާރީޚު:
21/04/26

ފަނޑިޔާރުން

އިސްމާޢީލް ޝަފީޢު (ރިޔާސަތު)، އިބްރާހިމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް

މައްސަލައިގެ ޚުލާސާ

އިސްތިއުނާފު ރައްދުވާ މީހާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓުގައި އިސްތިއުނާފު ރައްދުވާ މީހާގެ ނަފްސާނީ ބަލި ހާލަތާ ގުޅިގެން ފާހަގަކޮށްފައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް މީނާ ބަންދުން ދޫކޮށްދިނުން އެދި އިސްތިއުނާފު ރައްދުވާ މީހާގެ ފަރާތުން 25 ފެބުރުވަރީ 2026 ދުވަހު ބަންދު މުރާޖަޢާކޮށްދިނުން އެދި ދަށު ކޯޓަށް ފޯމު ހުށަހެޅިއެވެ.

އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އަންނަނިވި ކަންކަން އެގޮތަށް ހުރިކަމަށް ފެންނަކަމަށް ދަށު ކޯޓުން ނިންމިއެވެ:

އިސްތިއުނާފު ރައްދުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއިރު އޭނާ ތަހައްމަލުކުރަމުންދިޔަ ނަފްސާނީ ބަލިމަޑުކަމަށްވުރެ، މިހާރު އޭނާ ތަހައްމަލުކުރަމުންދާ ބަލިމަޑުކަން ބޮޑުވެފައިވާކަމަށް؛

އެ ސަބަބާހެދި، ހެއްކަށް ނުފޫޒު ފޯރުވުމާއި، އޭނާގެ ފަރާތުން މުޖުތަމަޢަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަވެފައިވާކަމަށް ބެލެވޭކަމަށާއި، އެގޮތަށް ބެލެވެނީ، އެއިންކަމަކަށް ސަމާލުކަން ދެވޭވަރަށްވުރެ އޭނާގެ ނަފްސާނީ ބަލި ޙާލަތު ގޯސްވެފައިވާތީކަމަށް.

އިޝޫ

ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއިރު ތަހައްމަލުކުރަމުންދިޔަ ނަފްސާނީ ބަލިމަޑުކަމަށްވުރެ، މިހާރު އިސްތިއުނާފު ރައްދުވާ މީހާ ތަހައްމަލުކުރަމުންދާ ބަލިމަޑުކަން ބޮޑުވެފައިވާކަމަށް، އަދި އެ ސަބަބާހެދި، ހެއްކަށް ނުފޫޒު ފޯރުވުމާއި، އޭނާގެ ފަރާތުން މުޖުތަމަޢަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަވެފައިވާކަމަށް ނުވަތަ އެއިންކަމަކަށް ސަމާލުކަން ދެވޭވަރަށްވުރެ އޭނާގެ ނަފްސާނީ ބަލި ޙާލަތު ގޯސްވެފައިވާކަމަށް ޚަބީރު ރަޢުޔެއް ދީފައިނުވާއިރު، މީނާގެ ހުރި ނަފްސާނީ ބަލީގެ ނަތީޖާއަކީ އެއީކަން ދެނެގަނެވޭނީ ޚަބީރެއްގެ ރަޢުޔު ލިބިގެންވާއިރު، މިހެން ނިންމޭނީ ޚަބީރެއްގެ ރަޢުޔު ހޯދައިގެންތޯ

ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި ނެތުން

އެ މީހެއްގެ ބައްޔަށް ފަރުވާ ނުދެވި ލަސްވެއްޖެ ޙާލަތެއްގައި އޭނާގެ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތަކެއް ނެތީސް، ބަލި ހާލަތަށް ރިޢާޔަތްކޮށް މީހަކު ބަންދުން ދޫލުރެވޭނެތޯ

ނިންމިގޮތް

އިސްތިއުނާފު ރައްދުވާ މީހާ ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، މިއަދުން (21 އެޕްރީލް 2026) ފެށިގެން 2 ދުވަހުގެ ތެރޭގައި ޢަބްދުއްރާފިޢު މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ޕްރޮސިކިއުޝަނުން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، ގިނަވެގެން 5 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ މީހާ ބަންދުކުރުމާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި ޙުކުމްކުރެއްވި.

ކަނޑައެޅުނު އުސޫލު

  1. ފުރަތަމަ ނުކުތާ: ޚަބީރެއްގެ ރަޢުޔު ހޯދަންޖެހޭތޯ

    1. ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއަކީ ޚަބީރެއްގެ ރަޢުޔު ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވިދާނެކަމާއި، ޚަބީރެއްގެ ރަޢުޔު ކޯޓަށް ބަލައިގަނެވޭނެ ހާލަތްތައް ބަޔާންކުރާ މާއްދާއެއް ކަމުގައިވާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަލި ހާލަތާ ގުޅިގެން ޚަބީރެއްގެ ރަޢުޔު ހޯދާފައިވާކަމަށާއި،

    2. ޚަބީރެއްގެ ރަޢުޔާ ނުލައި ފަނޑިޔާރު ނެރުއްވާފައިވާ ނަތީޖާއަށް ވާސިލުވެވޭނެކަމަށް ނުދެކޭކަމަށް ދައުލަތުން ބުނާއިރު، ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއަކީ ޚަބީރެއް ކޯޓަށް ހާޒިރުކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ފަނޑިޔާރު ޢަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫންކަމަށްވާތީ، ދަށު ކޯޓުގެ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައެޅިދާނެކަމަށް ނުދެކޭކަމަށް.

  2. ދެވަނަ ނުކުތާ: ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި ނެތުން

    1. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާފަދަ އިންސާފުވެރި ނިންމުމެއްކަން ކަށަވަރުކުރެވޭނީ ހެކި ވަޒަންކުރި ގޮތާއި، ނިންމުމަށް ވާސިލުވި ސަބަބުތައް ފަނޑިޔާރު ލިޔެ، ބަޔާންކުރުމުންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި ހާލަތު ބަދަލުވި ގޮތް ފަނޑިޔާރު ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތްކަމަށް. އަދި ސަބަބު ބަޔާންކޮށްފައިނެތީ، މަތީ މަރުޙަލާ ކޯޓުތަކުން، ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރަންވާނެކަމަށް ހުރި ނިންމުންތަކާ ޚިލާފަށްކަމަށް.

  3. ތިންވަނަ ނުކުތާ: ބަންދުން ދޫކުރަންޖެހޭ ޟަރޫރީ ސިއްހީ ހާލަތެއް ނެތުން

    1. ބަލި ހާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރެވޭނީ އެ މީހެއްގެ ބައްޔަށް ފަރުވާނުދެވި ލަސްވެއްގެ ހަލަތެއްގައި އޭނާގެ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުންކަމަށް، ހައިކޯޓުގެ ޕީޖީ ވ. އަޙްމަދު ވިސާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރަންޖެހޭ ފަދަ ސަބަބުތަކެއް ދަށު ކޯޓުގެ ނިންމުމުގައި ނެތްކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ