ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިމްޝާދު، އަދި އިތުރު 6 ފަރާތެއް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/498
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ޤަސްދުގައި މީހަކު މަރާލުން
- ނިމުނު ތާރީޚު:
- 23/11/25
ފަނޑިޔާރުން
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
މައްސަލައިގެ ޚުލާސާ
މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ދަށު ކޯޓުން ހެކި ވަޒަންކޮށްފައިނުވާތީއާއި، ހެކިބަސް ލިބިފައިވަނިކޮށް އެ ހެއްކަށް ރިޢާޔަތްކޮށްފައިނުވާތީއެެވެ.
އިޝޫ
ހެކިބަސް ވަޒަން ކުރުމުގައި ބަލަންޖެހޭ ގޮތަކީ ކޮބައިކަން
ނިންމިގޮތް
ދަށު ކޯޓުން މި މައްސަލަ ނިންމުމުގައި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުރަވެވޭ ކަމަށް ކަނޑައަޅުއްވައި، ދައުލަތުން އެދިފައިވާގޮތަށް މި މައްސަލަ ތަޙުވީލު ކުރަންޖެހޭކަމަށް ކަނޑައަޅުއްވައި، މި މައްސަލަ ތަޙުވީލު ކުރުމުން، މި މައްސަލައަކީ ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމުގައި ބަލައިގެން، އެ ހެކިތައް ވަޒަންކޮށް މައްސަލައި ގައި އަލުން ޙުކުމް ކުރުމަށް އަންގަވައި، މި ނުކުތާއާމެދު މި ފަދައިން ގޮތް ކަނޑައެޅިގެން ދިއުމުން ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ އެހެން އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމެވި.
ކަނޑައެޅުނު އުސޫލު
ދަށުކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" އިން ސާފުވަނީ މައްސަލައިގެ ޝަރީޢަތުގައި ކަން ހިނގައިދިޔަ ގޮތް އެކަނި ކަމަށްވާތީ، އަލުން ހެކި ވަޒަންކުރުމަށް ތަހުވީލުކުރަންޖެހޭކަމަށް ކަނޑައަޅުއްވައި، އަދި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކުރެވޭ ހެކި ޤަރީނާ ހުށަހަޅާފައިވަނިކޮށް، މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާކަމަށް ބުނެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޙަވާލާދީ ހުށަހަޅާފައިވާ ނުކުތާއާ މެދު ގޮތެއް ކަނޑައަޅުއްވައިފިނަމަ، ހުށަހެޅިފައިވާ ހެކިތަކަކީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ސާބިތުވެއްޖަމަކަށް ކަނޑައަޅަންފުދޭ ހެކިތަކެއް ކަމަށް ކަނޑައެޅޭނެތީ، އެ ނުކުތާއާ މެދު ގޮތެއް ކަނޑައަޅުއްވާނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި، މައްސަލަ ދަށުކޯޓަށް ތަހުވީލުކުރެއްވި.