ޢަބްދުﷲ ޖުނާން އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/SC-A/74
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
20/09/22

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޢަބްދުﷲ ޖުނާން އިބްރާހީމް 22 ފެބުރުވަރީ 2020 ދުވަހުގެ 11:49 ގައި އޭނާ ހައްޔަރުކޮށް، 23 ފެބުރުވަރީ 2020 ދުވަހު ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޟިރު ކުރުމުން، 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ޢަބްދުﷲ ޖުނާން އިބްރާހީމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވުނުތާ 44 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ދަޢުވާ އުފުލަންޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށް ޢަބްދުﷲ ޖުނާން އިބްރާހީމްގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައިގަނެ ދަޢުވާ ބާޠިލުކަމަށް ނިންމިއެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެ ކޯަޓަށް ތަޙްވީލުކުރުމަށްފަހުއެވެ. މިއީ ހައިކޯޓުން ނިންމި ނިންމުން ޢަބްދުﷲ ޖުނާން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނުމުގައި ރިޢާޔަތްކުރާނީ އެ މާއްދާގެ (ހ) އަށްތޯ ނުވަތަ (ށ) އަށްތޯ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ:

(ހ) ދަޢުވާ ލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށް، ބަންދުގައި ހުރި މީހެއްނަމަ، އެ މީހެއްގެ މައްޗަށް ދަޢުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައިކަން.

(ށ) ދަޢުވާ ލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ނޫންނަމަ، އެ މީހެއްގެ މައްޗަށް ދަޢުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކުރެވޭ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައިކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ