ނަސީމާ ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2018/HC-A/019
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 23/03/21
ކަނޑައެޅުނު އުސޫލު
6. މިމައްސަލައިގައި ނަސީމާ ޢަލީގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަމާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯރޓް ނުކުރުމުގެ ކުށަކީ ނަސީމާ ޢަލީ ހައްޔަރު ކުރެވުނު ވަގުތު އޭނާގެ މައްޗަށް އޮތް ތުހުމަތެއް ނޫންކަމަށްވާއިރު، މިކުށުގައި އޭނާގެ މައްޗަށް ތުހުމަތުކުރާކަން މައްސަލައިގެ ތަޙޤީޤު މަރުހަލާގައި ނަސީމާ ޢަލީއަށް އަންގާފައިނުވާކަން އެނގެން އޮންނާތީ، ބުނެވުނު ކުށަށް ދައުލަތުން އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ.