މުޙައްމަދު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-B12/6
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ކޯޓު އަމުރު
ނިމުނު ތާރީޚު:
31/07/22

ފަނޑިޔާރުން

ހާތިފް ޙިލްމީ (ރިޔާސަތު)، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

ބައިނަލް އަޤުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރާ އިންޓަރނެޝަނަލް ޑޭ އޮފް ޔޯގާ 2022 ޖޫން 21 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ރާއްޖޭގައި ހުންނަ ބޭރުގެ ހައިކޮމިޝަންތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި ޢާންމުން ބައިވެރިވި ޙަރަކާތް ހިނގަމުން ދަނިކޮށް، އެތަނަށް ގަދަކަމުން ބަޔަކު ވަދެ، އެޙަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، މަރާމާރީ ހިންގާ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތައް ހަމަނުޖެހުން ހިންގާ، ތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންނާއި ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުޙައްމަދު ޙުސައިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާތީ، އެ އަމުރާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޙުސައިންގެ ފަރާތުން މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.

އިޝޫ

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ކޯޓުން ތަޠުބީޤުކޮށްފައިވާ ގޮތް.

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/MA/2022/1183 ކޯޓު އަމުރު ބާޠިލްކުރާނެ ތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ކޯޓުން ތަޠުބީޤުކުރާނޭ ގޮތް.  

ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަކީ ޚާއްޞަ މާއްދާއެއްކަމަށާއި މި އަކުރުގައިވާ ލަފުޒުތަކަކީ އޮޅުން ނާރާ ގޮތަށް ހުރި ސާފު ލަފުޒުތަކެއްކަމަށާއި އަދި އެކަށީގެންވާ ސަބަބެއް ޤާނޫނުގައި ސާފު ބަހުން ލިޔެފައިވާ ޢިބާރާތަކުން ނުކުންނަ ނަތީޖާއާ ދުރަށް ދެވިދާނެކަމަކަށް ނުފެންނަކަމަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ދީފައިވާ މާނަ ކުރުން، ހަމައެގޮތުގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެ 16 ވަނަ މާއްދާގެ (ހ) މާނަކުރުމަށް ތަޠުބީޤުކުރެވިދާނެކަމަށް ނުފެންނަކަމަށް ބަޔާންކުރައްވާފައިވެއެވެ. 

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު 16 ވަނަ މާއްދާގެ (ހ) އަށް ފެތޭ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ފަނޑިޔާރު ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢަވެވިދާނެކަމަކަށް ނުފެންނަކަމަށް.  

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ފެތޭ ކުށެއްގެ ތުހުމަތުގައި  ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ފަނޑިޔާރު ގޮތެއް ކަނޑައަޅާއިރު، އެ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް، އެ މައްދާގައި ބަޔާންކުރާ ހެކީގެ ނިސްބަތާއި އަދި ފުރިހަމަވާންޖެހޭ ޙާލަތްތައް ފުރިހަމަވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ނޫން މުއްދަތަކަށް ރުޖޫޢަވެވިދާނެކަމަށް ކަނޑައަޅުއްވާފައިވެއެ

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ