އަމްޖަދު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/HC-N-A/03
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 31/08/21
ކަނޑައެޅުނު އުސޫލު
15. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އަކީ، ކުޑަކުދިންނާމެދު ހިންގޭ ޖިންސީ އަމަލުތަކާއި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ޢަމަލުތައް، ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭ ޢާންމު މިންގަޑުން ސާބިތުކުރުމުގައި ދަތިތަކެއްހުރުމުން، އެފަދަ މައްސަލަތަކުގައި ޝަރީޢަތަށް ބަލައިގަންނަ ހެކީގެ އިތުރުން، ކުޑަކުދީންނަށް ކުރާ މިފަދަ ޖިންސީ ގޯނާގެ ޢަމަލުތައް ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމުގެ މަޤްޞަދުވެސް ހިމެނޭގޮތުން ވުޖޫދުވެފައިވާ ޤާނޫނެއްކަމާއި، އެކަން މިޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އިން ސާފުކޮށް އެނގެއެވެ.